ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލެޓު މައްސަލަ އަކީ މަޖިލިސް އިންތިހާބަށް ބޭނުންކުރާ ޓޫލްއެއް: އިސްމާއިލް

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު (އިއްސެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފުލެޓު ދިނުން ޓޫލް އެއްގެ ގޮތުގައި ބޭނުން ކުރާކަމަށް މައުލޫމާތު ލިބޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕޮރޮގްރާމްގައި އިސްމާއިލް ވިދާޅުވީ ފުލެޓުގެ މައްސަލައިގައި ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތްކަމަށެވެ. ރައީސް އިބްރާހިމް މުހަައްމަދު ސޯލިހުގެ ސަރުކާރުން ކަމެއް ގޯސްކޮށް ކޮށްފައި އޮވެގެން އެކަން ތިލަކުރަން އެއްވެސް ފަސްޖެހުމެއް ޖެހޭ ތަނެއް ނުފެންނަ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އޭސީސީއަށް ތަހުގީގު ހިންގުނު ނަމަވެސް އެ ތަހުގީގު ހިންގަން އަހަރެއް ނުވަތަ ދެ އަހަރުދުވަސް ހޭދަވެގެން ދިއުމަކީ ރައްޔިތުންނަށް ބަލައިގަންނަން އުނދަގޫ ވެގެންދާނެ ކަމެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. މި މައްސަލައިގައި ކުށްވެރިވާ ބަޔަކު ތިބިނަމަ އާއްމުންނަށް ސާފުވާނެ ގޮތަކަަށް އާއްމު ކުރުމަކީ މުހިންމު ކަމެއް ކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑަށް ލަފާކުރެވެނީ އެ ލިސްޓުގައި ހަގީގަތުގައި ގިނައީ ރަނގަޅު އަދަދެއް 90 އިންސައްތަ އަށްވުރެ ބޮޑު ބައެއް ރަނގަޅުގޮތުގައި އޮތް އޮތުންހެން އަނޅުގަނޑަށް ހީވަނީ ފަސްޖެހެނީ އެކަން ނިންމުމަކާއި ހަމައަށް ގެންނަން” އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ތިންމަސް ހަތަރު މަސް ވެގެންދާއިރު ފުލެޓު މައްސަލައަށް ސާފު ޖަވާބެއް ހޯދިފައި އޮންނަން ޖެހެއެވެ. ގޯހެއް އޮތް ނަމަ އެ ގޯހަކީ ކޮބާކަންވެސް ސާފުވާން ޖެހޭ ކަމަށާއި ފުލެޓު ލިބެނީ ކޮންބަޔަކަށްތޯ ނުވަތަ ލިބެނީ ކޮންބަޔަކަށްތޯއާއި އަދި މީގެއިތުރުން ނުލިބޭ ސަބަބުވެސް އާއްމު ކުރަން ޖެހޭކަމަށް އިސްމާއިލް ވިދާޅުވިއެވެ. މައްސަލަ ބަލަނީ ކަމަށް ބުނެ އެތަށް ދުވަސްތަކެއް ދިއުމުން ރައްޔިތުންގެ މެދުގައި އެކަމާ މެދު ކަންބޮޑު ވުންތަކެއް ހުންނަ ކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ. އިސްމައިލް ވިދާޅުވީ މަޖިލީހަށް ރައްޔިތުންގެ ފަރާތުން ފުލެޓު މައްސަލާގައި އެތަށް ޝަކުވާ ތަކެއް އަންނަ ކަމަށެވެ.

ފުލެޓު ލިބުމުގެ މައްސަލަ ވާނުވާއެއްގެ ތެރޭގައި އޮންނަން ޖާގަ ނުދީ ފުލެޓު ލިބެންޖެހޭ ހައްގުވެރިންނަށް ފުލެޓް ދޭންޖެހޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ފުލެޓް ކޮމިޓީގައިވެސް އަޑު އިވިގެންދިޔައީ 50 އިންސައްތަ ރަނގަޅު ކަމަށާއި ބާކީ 50 އިންސައްތަ ގޯސްކޮށްކަމަށް އިސްމާއިލް ވިދާޅުވިއެވެ. އެހެންނަމަވެސް ގޯސްވި ސަބަބުވެސް އާއްމުކޮށްފައި އޮންނަން ޖެހޭ ކަމަަށް އިސްމާއިލް ވިދާޅުވިއެވެ.

މުޅި މައްސަލަ އޮތީ ވާނުވާއެއްގައި ކަމަށާއި ރައްޔިތުން އިތުރު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާ މަންޒަރު ފެންނަ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އިސްމާއިލް ވިދާޅުވީ މި މައްސަލައިގައި އޭސީސީގެ އިހުމާލު އިންތިހާއަށް ބޮޑު ކަމަށެވެ. އޭސީސީ އަކީ ފުލެޓް ދޭ ބައެއް ނޫން ކަމަށާއި އަދި ދީފައިވާ ފުލެޓެއް އަތުލުމުގެ ބާރުވެސްއޮންނަ މުވައްސަސާއެއް ނޫންކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: