ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒުލުކުރުމުގެ ގަވައިދުގެ ބޭނުމަކީ ސަރުކާރަށް ދުއްތުރާ ކުރުންކަމަށް ބުނެ އަބްދުއްރަހީމްގެ ފާޑުކިއުން!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އުނދަގޫ ކުރުމުގެ ގޮތުން މަޖިލީހުގެ ތެރެއިން ތަފާތު އެކި ގަވައިދުތަކަށް ހަދައި، އުސޫލުތައް އެކުލަވާލުމަކީ ރައްޔިތުންގެ ކުރިމަގަށް އަޅާ ހުރަހެއްކަމަށާއި އެފަދަ ފުރުސަތުތައް ދެވިގެން ނުވާނެކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް މިވީ ދޮޅު މަހެއްގެ ތެރޭގައި ސިޔާސީ ގޮތުން ދިމާވި ފިއްތުންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމަނިކުފާނު އަޒުލު ކުރުމުގެ އަޑުތައް ހިމެނެ އެވެ. އަދި އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދީ ހިފެހެއްޓުމަށް ފަހު ވޯޓަށް އެހި ވަގުތު ނިންމީ ތިން ވަޒީރަކަށް އިތުބާރެއް ނެތް ކަމަށެވެ. އެކަމަކު، ރައީސް ވަނީ އަލުން އެބޭފުޅުން މަގާމަށް އައްޔަނުކޮށް އަނެއްކާވެސް ރުހުން ހޯދަން މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. އެއާއި އެކު ސަރުކާރާއި މަޖިލިސް ދެމެދު ނުތަނަވަސްކަމެއް އުފެދިގެން ދިޔައީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ގުނުމުގައި އަމަލު ކުރާނެ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކުރުމާއި އެކު އެމްޑީޕީން ވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ވާހަކަތައް އެ މާއްދާއިން ނަގައި އިތުރު އެހެން މާއްދާއެއްގައި ހިމަނައި ފާސްކޮށްފަ އެވެ. އެކަމަށް ފާޑުކިއުން އަމާޒުކޮށް އަބްދުއްރަހީމް ވިދާޅުވީ ޒިންމާއަކާއި އެކު މަގާމަކަށް އަންނަ މީހަކަށް އޭނާގެ މަސައްކަތް ކުރުމުގައި ވަގުތު ދީ، އެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ޖެއްސުންކޮށް، އުނދަގޫ ކުރަމުން ގެންދާނަމަ އެ ޒިންމާ އަދާކުރެވޭނެ ގޮތެއް ނޯންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް އައީ ރައްޔިތުންގެ ބޮޑު ތާއީދަކާއި، އަޣުލަބިއްޔަތަކުންކަމަވާއިރު ދިވެހިން އެދުނީ އަމާން ރާއްޖެއަކަށް ގެންގޮސް ދޭންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެއީ އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން ހަމަޖެހުން ގެނެސް ދީ، ގައުމުގެ ސުލްހަމަސަލަސްކަަމަށް ދިވެހިން ކުރި އުންމީދުކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، އިސްލާމް ދީން މަތީ ގައުމު ދެމެހެއްޓުންކަމަށް އަބްދުއްރަހީމް ވިދޤާުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހިން ބޭނުން ވަނީ ފަސް އަހަރުގެ ވެރިކަމެއް ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކުމަށް ކަމަށެވެ. އެކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރުމުން، ބަޔަކު ހުރަސް އަޅަމުން ގެންދިއުމަކީ ސިޔާސީ ބޭނުމަކަށް ކުރާކަމެއް ނަމަވެސް އެއީ ދިވެހިންގެ ހައްގުތައް ނިގުޅައިގަތުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކަށް ބަޔަކު ފާޅުގައި ފުއްސާރަ ކުރުން ބަލައިނުގަނެވޭކަމަށާއި، ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންމި ބޮޑު ނިންމުމެއް ބޮލާލާ ޖަހަން އުޅުމަކީ ދެވޭ ނިިކަމެއްތިކަމެއްކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެން ދަނީ ދިވެހި ރައްޔިތުންގެ ކުރިމަަގަށް ބަޔަކު ހުރަސް އަޅަން އުޅޭކަން، ދިވެހި ރައްޔިތުންގެ އިހުސާސްތަކަށް ބަޔަކު ފުރައްސާރަ ކުރާތަން.. ރައްޔިތުންގެ ނިންމުން ބަޔަކު ބޮލާލާ ޖަހަން އުޅޭތަން.. މިއީ ރައްޔިތުން ބޭނުންވާ ގޮތް ނޫންކަން.. ރިޔާސީ އިންތިހާބުގެ ނަތީޖާއިން ސާފްކޮށް ބުނެފައި އެވަނީ..

އަޒުލު ކުރުމުގެ މައްސަލައިގައި މަޖިލީހުގެ ގަވައިދަށް އަނެއްކާ ވެސް ގެނައި އިސްލާހުގެ ނަން ނުގެންނަވައި އެކަމަށް އިޝާރާތްކޮށް އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިދުމަތުގައި ހުރި ވެރިއަކަށް މިފަދަ ގޮތަކަށް ދުއްތުރާ ކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލިސް ސަރުކާރަށް އުނދަގޫ ކުރާ ތަނަކަށްވެގެން ހިދުމަތް ނުކުރެވޭނެކަމަށާއި، ކުރިޔަށް އޮތް އިންތިހާބު ސަރުކާރަށް ދޭންވީ ސަބަބުތަކަކީ މިއީކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ބޭނުންވާ ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ، މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންކަމަށް އަބްދުއްރަހީމް ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުން ކުރުމަށް ގަވައިދުތަކާއި އުސޫލުތަކަށް ނުގެނެވޭނީ އޭރުންކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޓަރިއަކަށް ލާފައި ތިތަނުން ނުނިކުމެ ހުންނާ ށޭ… ބުނެވޭ ގޮތަށް ގާނޫނުތައް ހުރުމަކީ އެއީ މާދަމާއަށްޓަކައި ވިސްނާއިރު އެއްގޮތަކަށް ވެސް ހަމަ ޖެހޭ އުސޫލެއް ކަމަށް ގަބޫލެއް ނުކުރެވޭ…
އެމްޑީޕީން މި މައްސަލައިގައި ބުނަމުން ދަނީ، އެ ގަވައިދަށް ބަދަލު ގެނައީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ވިސްނުމުގައި ނޫންކަމަށާއި އިސްލާހު ކުރަން ބޭނުން ވީ އައު ސަރުކާރާއި އެކު މަޖިލިސް މެމްބަރުކަމުން ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާތީ ކޯރަމް ގުނުމުގައި އަމަލު ކުރާނެ ގޮތެއް ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: