ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަަމަށް ސަތޭކަ ދުވަސް ވެސް ނުވަނީސް، އުނދަގޫކޮށް ލޮޅުން ގެނައުމަށް ޖާގަ ދެވިގެން ނުވާނެ: ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ސަތޭކަ ދުވަސް ހަމަނުވަނީސް، ވެރިކަމަށް ލޮޅުން އެރުވުމަށް މަސައްކަތްކޮށް އަމިއްލަ މަސްލަހަތު ކުރިއެރުވުމުގެ ޖާގަ ދެވިގެން ނުވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17 ގައި ހުވާ ކުރެއްވުމަށް ފަހު، ސަރުކާރަށް މިވަގުތު އަމާޒުވާ ފާޑުކިއުމަކީ ވެރިކަމަށް އައުމަށް ވީ ހުސް ވައުދުތަކެއް ކަމަށެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީ، ޑިމޮކްރެޓްސް ޕާޓީއާއި އެކު މަސައްކަތް ފަށައި މަޖިލީހަށް އެކި ކުއްލި މައްސަލަތާއި ގަރާރުތައް ހުށަހަޅަމުން ގެންދާއިރު ސަރުކާރު މެމްބަރުން ސިފަ ކުރާ ގޮތުން އެއީ ޖެއްސުން ކުރުމުގެ އަމަލެކެވެ.

މިދިޔަ ދުވަސްތަކުގައި މަޖިލީހަށް ހުށަހެޅި އިސްލާހުތަކާއި ގަވައިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މައްސަލަައިގައި އަމަލު ކުރާނެ ގޮތާއި އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް މަތި ކުރާ ޒިންމާގެ ތެރެއިން ވަޒީރުން ހިމެހޭނެން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޖިލީހަށް ހާޒިރު ކުރެވޭ ގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ހިމެނެ އެވެ. އަދި މިހާރު އަނެއްކާވެސް ދެކެވެމުން ދަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް މުއިއްޒާއި، ކެބިނެޓު ބައެއް ވަޒީރުން ދެކުނުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައްއަށް ވަޑައިގެން އެ ސިޓީގައި އޮތް ޖަލްސާގައި ޝަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު ގައުމުގެ ހާލަތު އޮތީ އިންތިހާއަށް ގޯސްކޮށް ކަމަށެވެ. އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނި ބޮޑުވުމާއި މުވައްސަސާތަކާއި ކުންފުނިތަކަށް ހިންގުމުގައި މިދިޔަ ފަސް އަހަރު ގެންގުޅެފައި ވަނީ އެއްވެސް ހަމައެއް އުސޫލެއް ނެތް ދޯހަޅި ސިޔާސަތުތަކެއްކަމަށް ޝަހީމް ވިދާޅުވި އެވެ. މި ހުރިހާ ދަތިތަކުން ގައުމު ނަގައި ކޮޅަށް ޖެހުމަށް ސަރުކާރުން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން މެދުކެނޑުމެއް ނެތި ޖެއްސުން ކުރަންވީ ސަބަބާއި މެދު ޝަހީމް ސުވާލު އުފެއްދި އެވެ.

މިނިސްޓަރ ވިދާޅުވީ ގައުމު ސަލާމަތް ކުރުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ގަދަ ހިތްވަރާއި އެކުކަމަށާއި، ރައްޔިތުން ގެނައި ވެރިކަމެއްގެ މައްޗަށް 13 ހަފްތާ ނުވަނީސް ބާރު ފޯރުވައި ޖެއްސުން ކުރުމަަކީ އެއީ ގައުމަށް ވާ ޣައްދާރުވުމެއްކަމަށް ޝަހީމް ވިދާޅުވި އެވެ.

 މިކަންކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި ހިންމަތާއި ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ވަރު ހުރި ރައީސެއްގެ ވެރިކަން 13 ހަފްތާގެ ތެރޭގައި ގުޑުވާލަން މަސައްކަތް ކުރަނީ އެއީ ކީއްވެގެންތޯ؟

ޝަހީމް ވިދާޅުވީ ސަރުކާރާއި މެދު ރައްޔިތުން ކުރާ އުންމީދުތައް ގިނަކަމަށާއި ރައީސް މުއިއްޒު ދިވެހިން ބޭނުންވި ތަރައްގީއާއި ބަދަލު ގެނެސްދެއްވާނެ ކަމަށެވެ. އެހެންކަމުން ސަރުކާރަށް މަސައްކަތް ކުރުމަށް އަދި ނަތީޖާ ނެރެން ވަގުތު ނުދީ ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވި އެވެ.

ސަރުކާރަށް ޖެއްސުން ކުރަމުން ގެންދާކަމަށް ޝަހީމް ވިދާޅުވިއިރު، އެމްޑީޕީން ވަނީ ކެބިނެޓުގެ ތިން ވަޒީރަކަށް ރުހުން ނުދީ ހިފަހައްޓާފަ އެވެ. ޝަހީމަކީ އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރެއިން އެއް ބޭފުޅަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ އަލުން ނަންތައް ފޮނުވުމުން ވޯޓަށް އެހުން ތާވަލު ނުކޮށް މައްސަލަ ވަނީ ޕާކުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: