ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަކާއި ނުލައި ޝާހިދު އެމްޑީޕީގެ ރައީސްކަމަށް!

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު:/ ފޮޓޯ - އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބަކާއި ނުލައި އިދިކޮޅު މައިޕާޓީ އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބު ވެއްޖެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު ހަމަވިއިރު، ފޯމު ހުށަހެޅުއްވީ ޝާހިދު އެކަންޏެވެ. އަދި ޝާހިދު ރައީސްކަމަށް އައުމަށް ޝައުގުވެރިކަން ފާޅުކުރުމުން ޕާޓީގެ އިސް ބޭފުޅުންތައް އޭނާގެ ތާއީދުގައި ޕޯސްޓުތަކެއް ކުރެއްވި އެވެ.

މިވަގުތު އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ، ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް ރައީސް މުހައްމަދު ނަޝީދު ޕާޓީން އިސްތިއުފާ ދެއްވުމުންނެވެ. އެއަށް ފަހު އިތުރު އިންތިހާބެއް ބޭއްވުމަށް ވަގުތު ނެތުމުން، ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުވުމެއް ބޭއްވުމަށް ފަހު ނިންމީ ރައީސަކު އައްޔަނު ކުރެވެން ދެން ޕާޓީގެ ލީޑާޝިޕްގެ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލު ކުރުމަށެވެ. އެއީ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުގެ މަތިން ވެރިކަން ބަދަލުވުމާ ހަމައަށް ރައީސް ސޯލިހު ހުންނެވީ ޕާޓީގެ އިސް ލީޑަރުގެ ގޮތުގައިމަށް ވާތީ އެވެ.

އެމްޑީޕީގެ ލީޑާޝިޕް އާ ބައެއްގެ މައްޗަށް ދާން ޖެހޭނެކަމަށް ގިނަ ބަޔަކު ބުނަމުން ދެ އެވެ. ހާއްސަކޮށް ޕާޓީއަށް ރިޔާސީ އިންތިހާބު ގެއްލުމަށް ފަހު އެކި ދާއިރާތަކުން ބޮޑެތި މަސައްކަތް ކުރަން ޖެހިފައިވާއިރު އެކަން ކުރެވޭނީ އެހެން މީހެއް އެ މަގާމަށް އައިސްގެންކަމަށް ބުނެފައި ވެއެވެ.

ޕާޓީގެ ރައީސްގެ މަގާމަށް ޝާހިދު އިންތިހާބުވިއިރު، ޝާހިދަކީ ވެރިކަމަށް އައުމުގެ ޝައުގުވެރިކަން ހުރި ބޭފުޅެކެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: