ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުން ލިބުނު ގޯތި، ގުޅިފަޅަށް ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު--
ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާވަރުފަޅުން ގޯތި ލިބިފައިވާ ރައްޔިތުންނަށް، ގުޅިފަޅުން ގޯތި ހަމަޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ދެ ސްކީމަށް ދެން ވާނެ ގޮތަކާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ފްލެޓުގެ މައްސަލައިގެ ތަހުގީގެއް ފަށައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމުގެ މައުލޫމާތުތައް ހިއްސާ ކުރިއިރު ބުނެފައި ވަނީ ޕޮއިންޓު ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އަދި 4،000 މީހުންގެ ތެރެއިން އޮންނަ އުސޫލުން ފްލެޓު ލިބޭކަމަށް ލިސްޓުގައި ހިމެނިފައި ވަނީ މަދު ބައެއްގެކަމަށް ބުންޏެވެ.

އެ މައްސަލަ ގޯސްވެފައި ވަނިކޮށް، މިއަދު ރައީސް މުއިއްޒު ވިދާޅުވީ ގިރާވަރުން ގޯތި ލިބުނު މީހުންގެ ގޯތިތައް އެހެން ތަނަކަށް ބަދަލުވެދާނެ ތޯ އާންމުންގެ ސުވާލުތައް ލިބެމުން ދާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އާންމުންގެ މީހަކު އެމަނިކުފާނަށް ސުވާލު ކުރީ ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ގޯތި ލިބުނު މީހުންގެ ތެރެއިން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުން ބޭނުން ނަމަ ގުޅިފަޅަށް ނުވަތަ ގުޅިފަޅަށް ގޯތި ބަދަލު ކުރެވޭނެ ގޮތެއް އެބައޮތް ތޯ އެވެ. އަދި އެކަމުގައި ސަރުކާރުގެ ވިސްނުން ހުރީ ކިހިނެއް ތޯ ސުވާލު ކުރި އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ އެކަމުގައި ސީދާ އެމަނިކުފާނު ވަކި ގޮތެއް ނިންމާފައި ނުވާކަމަށާއި، ގިރާވަރު ގޯތިތައް އެހެން ތަނަކަށް ބަދަލުވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެން ނަމަވެސް މިކަމުގައި އެއްވެސް މަޝްވަރާއެއް ނުވަތަ ވަކި ގޮތެއް ނިންމާފައި ނުވާނެކަމަށް އެމަނިކުފާނު ވިދަޅުވި އެވެ.

ރައީސް ވިދާޅުވީ ގިރާވަރުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅިފަޅުން ގޯތި ލިބިދާނެތޯ ނުވަތަ ނޫން ތޯ އެކަމަށް ގޮތެއް ނިންމަވާނެކަމަށާއި މިހާރު ކުރިޔަށް ގެންދަނީ ބިމުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

ގިރާވަރުން ގޯތި ލިބުނު މީހުންނަށް ހަމަ ގުޅިފަޅުން ގޯތި ހަމަޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ބައްލަވާ.. އަޅުގަނޑުމެން ތިޔަ ހިޔާލަށް ވަރަށް ސީރިއަސްކޮށް އެޓެންޑު ކުރާނަން

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރީ ހުޅުމާލޭގެ އިތުރުން ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. މި ސްކީމަށް 18،000 އަށް ވުރެ ގިނަ މީހުން ޝަރުތުހަމަވާކަމަށް ސަރުކާރުން އާންމު ކުރި ލިސްޓުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: