ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހާނަން، މަސައްކަތް ކުރާނީ ހެޔޮ ނިޔަތުގައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ހިދުމަތް ދޭނީ، ކަންބޮޑުވުންތަކުގެ އަޑުއަހައި އެކަމެއް ހައްލު ކުރުމުގެ ހެޔޮ ނިޔަތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގދ. މަޑަވެލިއަށް ވަޑައިގެން ރައީސް ވިދާޅުވީ ކައުންސިލުން އެމަނިކުފާނަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެ ޝަކުވާތައް ހައްލު ކުރުމަށް މި ސަރުކާރުން ސަމާލުކަން ދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންމެ ރަށަކަށް ވެސް ތަރައްގީގެ ގޮތުން ކުރިއެރުންތައް ބޭނުންވާކަމަށާއި، ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ގައުމީ މައްސަލަތައް ނަގާފައި، ދެން އެންމެ ބޮޑު ވައުދަކީ ގެދޮރުވެރިކަމުގެ ސިޔާސަތު ހާސިލުކުރުން ކަމަށެވެ.

އެހެންކަމުން އެއާއި އެއްގޮތަށް މަޑަވެލީގެ ބޯހިޔާވަހިކަމުގެ މައްސަލައިގައި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރިޔަށް ގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ދުރު ރާސްތާގައި ވެސް ރަށަށް ފައިދާވާގޮތަށް ކަންކަން ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރައްޔިތުން ބޭނުންވާ ފެންވަރުގެ ބަނދަރެއް މި ސަރުކާރުން ހަދާދެއްވާނެކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދެއްވާފައެވެ.

މަޑަވެލި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ބޭރުގެ ފަރާތްތަކަށް 120 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތްކަމާއި، އިތުރު ނުވަ ބިލިއަން ދައުލަތުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް ދަރާފައި އޮތްކަން ފާހަގަ ކުރެއްވިއެވެ. އަދި މި ދަތިތަކާއެކުވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، ނަތީޖާ ނެރެ، ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: