ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮންޖެހުން ބޮޑުވީ، ކުރީ ސަރުކާރުން ބޮލުގައި އެޅުވި ދަރަނީގެ ސަބަބުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ހާލަތު ގޯސްވެ، ރާއްޖޭގެ ރިޒާވް ދަށްވެފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މާ ބޮޑު ރައްދެއް ނުދެއްވަ އެވެ. އެކަމަކު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އިންޓަނޭޝަނަލް މަނިތަރީ ފަންޑް (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ބައިވެރިވާން އުޅޭކަމުގެ ވާހަކަތައް ދޮގު ކުރި އެވެ.

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގދ. މަޑަވެލިއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމުގެ ވާހަކަ ދައްކާއިރު މިއީ ފަސޭހަކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާއިރު މިއީ މިދިޔަ ސަރުކާރުން ވާރުތަވެގެން އައި ބޮޑު އަދަދެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ އޭގެ ތެރޭގައި ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާތަކާއި، އެކި އިދާރާތަކާއި ވުޒާރާތަކުން އާންމު ރައްޔިތުން މެދުވެރިކޮށް އެކިއެކި މަސައްކަތް ކުރުވުމަށް ފަހު ނުދީ ހުރި ފައިސާ ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވީ މިގޮތަށް ނުދީ ހުރި ފައިސާ އެކަނި ވެސް 09 ބިލިއަނަށް އަރާކަމަށާއި، ދަރަނިތައް ދައްކަމުން ސަރުކާރުން ދޭން ޖެހޭ ހިދުމަތްތައް ކުރުމާއި ދައުލަތް ހިންގުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވެސް ރާވަމުން ގެންދާ ކަމަށެވެ. އަދި ސަރުކާރުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން މަސައްކަތް ކުރެވެން ހުރި ރޮނގުތައް ދެނެގަތުން ކުރިޔަށް ދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ހުރިހާކަމަކާއި އެކު ވެސް ރައީސް ވިދާޅުވި ގޮތުން ސަރުކާރުގެ އަމާޒަކީ، އެއްވެސް ދަތިކަމަކާއި ނުލައި ރައްޔިތުންނަށްވީ ވައުދުތައް ފުއްދައި ހިދުމަތް ދިނުމެވެ. އޭގެ ތެރޭގައި އަސާސީ ހިދުމަތާއި، ބޯހިޔާވަހިކަމުގެ ޝަކުވާތައް ހައްލު ކުރުން އަދި ބިމުގެ ދަތިކަން ހައްލު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދޮ ވިދާޅުވީ ރަށްތަކުގެ ބަނދަރު ހެދުމައި، މަގު ހެދުން ފަދަ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ދާނެކަމަށެވެ.

އަޅުގަނޑުމެންގެ އިގްތިސާދު ވައްޓާލާފައި އޮތް ބޮޑު އަނދަވަޅުން ނަގައި ކޮޅަށްޖަހަން މިޖެހެނީ. 120 ބިލިއަން، ބިލިއަން، މިލިއަނެއް ނޫން. 120 ބިލިއަން ރުފިޔާގެ ދަރަނި، އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތީ. މިދިޔަ ސަރުކާރުން އަޅުގަނޑުމެންގެ ބޮލުގައި އަޅުވާފައި ދިޔަ ދަރަނި މިއީ. އެއީ، ބޭރުގެ ދަރަނި. އެ ދަރަނިތައް ދައްކަމުން، އެތެރޭގެ ދަރަނި، ކުންފުނިތަކުން، ސަރުކާރުގެ ވުޒާރާތަކުން ޢާންމު ރައްޔިތުންނަށް އެކިކަހަލަ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާ އެއީ، އިތުރު 9 ބިލިއަން ގާތްގަނޑަކަށް. 9 ބިލިއަން. މި ފައިސާ ދައްކަމުން، ދެން އަދި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރަމުން

އައު އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް އަލިއަޅުވާލެއްވި ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދާއި ދަރަނި ހިމެނެ އެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މިދިޔަ ފަސް އަހަރު ދުވަހު ސަރުކާރުން މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުގެ ސަބަބުން އިންތިހާއަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ފައިސާ ޗާޕު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަނަށް އޭގެ އަސަރުކޮށް، ތަކަތީގެ އަގު އުފުލިގެން ދިއުން ފާހަގަކުރެއްވި އެވެ.

އޭގެ ފަހުން ބައިވެރިވެވަޑައިގެންނެވި އެކި ޖަލްސާތަކުގައި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދެ މަސް ނުވަތަ ތިން މަސް ދުވަހަކީ ދަތި ދުވަސްތަކަކަށް ވެދާނެ ކަމަށެވެ. އަދި ރަށްތަކުގެ މަޝްރޫއުތަކާއި ޕްރޮޖެކްޓުތައް ރަނގަޅު ގޮތުގައި ތަރުތީބު ކުރެވިގެން ކުރިޔަށް ގެންދިއުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އައިއެމްއެފްގެ ޕްރޮގްރާމަކަށް ރާއްޖެ ދާން އުޅޭކަމުގެ އަޑުތައް ފެތުރުމުން، އެ ވާހަކަތައް ދޮގުކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އެފަދަ ދޮގު ވާހަކަތައް ފަތުރަނީ ރާއްޖޭގެ ހާލަތު އެ ދަރަޖައަށް ވައްޓާލަން ބޭނުންވާ މީހުން ކަމަށެވެ. އެކަމަކު ރާއްޖޭގެ އިގްތިސާދު ދަނީ ކުރިއަރަމުންކަމަށާއި، އެއްވެސް ބައިނަލްއަޣުވާމީ އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވަން ޖެހޭ ހާލަތެއް ނެތްކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: