ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެމްބަރުން ގާނޫނީ އަދަދުގެ މައްސަަލަ؛ ރައްދު ދޭނެ ފަރާތެއް ނެތި ސުޕްރީމް ކޯޓު އަޑުއެހުން ކުރިޔަށް!

ސުޕްރީމް ކޯޓުގެ އަޑުއެހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަގާމުތަކަށް ދާން މެމްބަރުކަމުން އިސްތިއުފާ ދިން މެމްބަރުންގެ ގޮނޑިތައް ނުހިމަނައި ޖުމްލަ އަޣުލަބިއްތަތު ގުނާ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ރައްދެ ދޭނެ ފަރާތެއް ނެތި ފަށައިފި އެވެ.

ފަސް ފަނޑިޔާރެއްގެ ބެންޗަކުން ބައްލަވާ މި މައްސަލައިގެ އަޑުއެހުން މިއަދު ފެށިއިރު ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ގަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އަޑުއެހުން ފެށުމުން، ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ މި މައްސަލަ ހުށަހަޅާފައި ވަނީ މަޖިލީހަށް ރައްދުވާ ގޮތަށް ނަމަވެސް އެކަން ބަދަލުކޮށްދޭން އެދި ބަންޑާރަ ނައިބުގެ އޮފީހުން ސިޓީއެއް ރަސްމީކޮށް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ވަނީ ރައްޔިތުންފެ މަޖިލިސް ވެސް ތަމްސީލު ކުރަން ޖެހެނީ، ބަންޑާރަ ނައިބުގެ އޮފީސްކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ އެކަން ސާފު ކުރުމުގެ ގޮތުން މަޖިލީހާ ސުވާލު ކުރުމުން، އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ލިއުމެއް ލިބިފައިވާކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ. އެހެންވެ މި މައްސަލަ ކުރިޔަށް ގެންދަނީ ރައްދުވާނެ ފަރާތެއް ނެތް ގޮތަށެވެ.

މި މައްސަލަ ހުށަހެޅުއްވި ފަރާތަކީ ބަންޑާރަ ނައިބު، އަދި ރައްދުވާ ފަރާތެއް ނެތް.. މި މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އަމުރު ވެސް ފޮނުވިފަހުން، ބަންޑާރަ ނައިބުގެ އޮފީހުން އަޅުގަނޑުމެންނަށް ސިޓީއެއް ފޮނުވާފައި އެދިވަޑައިގަތީ މި މައްސަލައިގައި އެކްސްޕާޓޭއެއް ނުވަތަ ދައުވާ ލިބޭ ފަރާތެއް، ނެތް ގޮތަށް ކުރިޔަށް ގެންގޮސްދޭން އެދުނު. އަދި މަޖިލީހުގެ ރައުޔަކީ މިއީކަމަށް ވެސް ވިދާޅުވި.. އެ ސިޓީގައި ވަނީ މަޖިލިސް ވެސް ތަމްސީލު ކުރައްވާ ފަރާތަކީ ބަންޑާރަ ނައިބުކަމުން، މި މައްސަލައަކީ ވަކި ފަރާތަކަށް ރައްދު ނުވާގޮތަށް ކޯޓުގައި ކުރިޔަށް ގެންދެވިދާނެ މައްސަލައެއްކަމަށް.. ރައްޔިތުންގެ މަޖިލިސް އިދާރާއިން ގަބޫލު ކުރައްވާކަމަށް.. އެހެންކަމުން ބަންޑާރަ ނައިބު ވެސް އަދި ރައްޔިތުންގެ މަޖިލިސް ވެސް އެދިވަޑައިގަންނަވާ ގޮތަކީ ދައުވާ ރައްދުވާ ފަރާތެއް ނެތި މައްސަލަ ކުރިޔަށް ގެންދިއުންކަމަށް ވާތީ އެގޮތުގެ މަތީން މިއަދުގެ އަޑުއެހުން ކުރިޔަށް މި ގެންދަނީ

އަޑުއެހުން ފެށިއިރު ވެސް، ކޯޓަށް ހާޒިރުވެ ތިބީ ބަންޑާރަ ނައިބުގެ އޮފީސް ވަކީލުންގެ ޓީމު އެކަންޏެވެ. މަޖިލީހުގެ ގާނޫނީ ބޭފުޅުން ވަޑައެއްނުގަންނަވަ އެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: