ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އެއް މަސްތެރޭ ނިންމުމަށް އޮޓޮމެޓިކް ސިޓީއެއް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް /ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫހުނު އެއްޗެހި ގެންގުޅުން މަނާނުކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރާ މީހުންގެ މައްސަލަތައް އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެދި ކޯޓުތަކަށް އޮޓޮމޭޓެޑް ސިޓީ ފޮނުވަން ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުން ފަށައިފި އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަކީ، މީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ގާނޫނެވެ.

މިބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި، އެމައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ޝަރީއަތް ކުރުމުގައި ހުންނާނެ ގޮންޖެހުންތަކަށާއި، މި މައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިޢާޔަތްކުރައްވައި، މި ޤާނޫނު ފާސްކުރިއިރު، ރައްޔިތުންގެ މަޖިލީހުން ތަފާތު އުސޫލުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި، މިބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ހައްގު ހަނިކޮށްފައިވެއެވެ. އަދި ތަހުގީގު މަރުހަލާގައި ބަންދުގައި ބަހައްޓައި، ގާނޫނީ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައިކަމަށް ގާނޫނުގައި ވެއެވެ.

މީގެއިތުރުން، ގާނޫނުގެ 17 ވަނަ މާއްދާގައި ބުނާ ދައުވާކުރުމާއި މައްސަލަ ނިންމުމުގެ މުއްދަތުގައި، މި ބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި ނަމަ، 15 ދުވަހުގެ ތެރޭގައި، އެމީހެއްގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ފުލުހުންނަށް ލާޒިމުވެއެވެ. އެ މުއްދަތު މާކުރުކަމަށް ފުލުހުންނަށް ފެނިއްޖެނަމަ، ތަހުގީގު ކުރުމުގެ މުއްދަތު އިތުރުކުރުމަށް ސަބަބާއެކު ހުށަހަޅަންޖެހެނީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ. އަދި މައްސަލައެއް ތަހުގީގު ނިމިގެން ޕީޖީ އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަންވެސް ގާނޫނު ލާޒިމުކުރެއެވެ.

އެކަން ފާހަގަކޮށް ޕީޖީން މީޑިއާތަޖަށް ބުނީ އެ އޮފީހުން، ކޮންމެ މައްސަލައެއްގައި ވެސް އެ މުއްދަތުގެ ތެރޭގައި ދަނީ ގޮތް ނިންމަމުން ކަމަށެވެ. އަދި އެއްވެސް މައްސަލައެއް، މުއްދަތުން ނައްޓައިގެން ގޮސްފައި ނުވާނެކަމަށް މައުލޫމާތު ދިނެވެ.

މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި، ގާނޫނުގެ ދަށުން ދައުވާ ކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެކަމަށް ބުނެ އެވެ. އެހެންކަމުން މިއަހަރުން ފެށިގެން، ޕީޖީ އޮފީހުން ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރާ ކޮންމެ މައްސަލައެއްގައި ވެސް، އެ މައްސަލައެއްގައި ހުކުމެއް ކުރަން ގާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން، ފަނޑިޔާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ބުނީ މައްސަލަ ލަސްވެގެން، ނުވަތަ އެނޫން ވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުއާމަލާތުތައް ފެންނަން ހުންނާނެ ކަމަށެވެ. މީގެ ބޭނުމަކީ، ޕީޖީން ބުނި ގޮތުގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: