ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް މި ދެ ދުވަހު 70 މިލިއަން ރުފިޔާ ދޫކުރާނެ!

ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަން ފެށުމުން މިނިސްޓަރު ޝިޔާމް މިދިޔަ ހޯމަ ދުވަހު އެ ރަށަށް ވަޑައިގެން އެ މީހުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދެ ދުވަހު މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކުރާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިފްކޯއަށް މަސްކިރުވުމަށް ފަހު، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ސަރުކާރުން ނުދީ ހުރި އަދަދު 380 މިލިއަނަށް އަރަ އެވެ. އެ ފައިސާއަށް ޑިމާންޑުކޮށް މަސްވެރިން ހުއްޓުމެއް ނެތި އިހުތިޖާޖު ކުރަމުން ގެންދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް އެ އަޑުއުފުލާފައި ވެއެވެ.

ގއ. ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރުމުން ސަރުކާރުން ބުނީ އަންނަ ހޯމައިގެ ކުރިން 100 މިލިއަން ރުފިޔާ ދޯނިތަކަށް ދޫކުރާނެ ކަމަށެވެ. މަސްވެރިން ހުއްޓުމެއް ނެތި އަދުވެސް މުޒާހަރާ ކުރާއިރު، މިއަދު ޝިޔާމް ވިދާޅުވީ އަންނަ ހޯމައިގެ ކުރިން ސަރުކާރުން ދޭން ބުނި 100 މިލިއަންގެ ތެރެއިން 70 މިލިއަން ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެޙޭ ފައިސާގެ ތެރެއިން، މޭއި މަހުގެ ފަހެއްގެ ކުރިން އެއްކޮށް ބްކްލޮގް ކްލިއާ ކުރާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިދިޔަ ވެރިކަމުގައި ވާރުތަވެފައި ހުރި ނުދެވި ހުރި ފައިސާ ހިމެނޭހެން، ފަހުން ދޫނުކުރެވި ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުން ކަމަށެވެ. ވެރިކަމާ ހަވާލުވުމަށް ފަހު މިދިޔަ ދޮޅު މަހެއްގެ ތެރޭގައި 200 އަށް ވުރެ ގިނަ އަދަދެއް މަސްވެރިންނަށް ދޫކުރެވުނުކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ މިއަދާއި ހަމައަށް އައިއިރު، ޖުމްލަ އަދަދަށް ބަލާއިރު މަސްވެރިންނަށް ދޭން ހުރީ 310 މިލިއަން ކަމަށެވެ. އޭގެ ތެރެއިން އެކި ބައިތައް ދޫކުރުމަށް ފަހު، ނުދެވި ހުރި 280 މިލިއަން ރުފިޔާ މާޗު މަހުގެ 05 ކުރިން އެއްކޮށް ހަލާސް ކުރެވޭނެކަމުގެ ޔަގީންކަން މިއަދު ޝިޔާމް ދެއްވި އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: