ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިދާޅުވި އެއްޗާއި ކަންކުރާ ގޮތާއި ދިމާނުވާ ހާލަތުގައި ގައުމު ބާއްވަން ހެޔޮ ނުވާނެ: އަހުމަދު އަބްދުﷲ

މެމްބަރު އަހުމަދު އަބްދުﷲ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިދާޅުވި އެއްޗަކާއި ކަންކުރާ ގޮތާއި ދިމާނުވާ ހާލަތެއްގައި ގައުމު ބާއްވަން ހެޔޮ ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އަހުމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ރައްޔިތުންނަށް މަންފާ ލިބިގެންދާފަދަ ކަންްތައްތަކެއް ކޮށްދީފައިނުވާކަމަށާއި އަގުލަބިއްޔަތު އޮތް އިރު އެފަދަ ކަމެއް މީގެ ކުރިން ކޮށްފައިނުވާކަމަށްވާއިރު ކުރިއަށް އޮތްތާ އަގުލަބިއްޔަތެއް ލިބުމުން ފައިދާވަނިވި ގޮތަކަށް އަމަލުކުރާނެކަމަށް ދެކޭކަަށް ނުވާނެކަމަށެވެ.

އަހުމަދު ވިދާޅުވީ، އެކަމުގެ އެންމެ ބޮޑު ހެއްކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފޮޓޯއާއިއެކު އައި ވެރިކަން މިއަދު ހިނގަމުންދާ ގޮތްކަމަށެވެ. އޭނާ ވިދާޅުވީ، އެވެރިކަމުން މިއަދު ރައީސް ޔާމީންއަށް ލިބެމުންދަނީ ހިތްދަތިކަންކަމަށާއި އެއީ ކުޑަ ވާހަކައެއްކަަމަށް ހީވި ނަމަވެސް ރައްޔިތުންގެ ތެރޭގައި އެކަމުގެ ނުތަނަވަސްކަން އިންތިހާއަށް އޮތްކަމަށް ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، ސީދާ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީސް ދެއްވައިގެން ނޫނީ މިފަހަރު ރާއްޖެ ހަމަ މަގަށް ނޭޅުވޭނެކަން މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ދަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ އިން ނުކުމެ ތިބި މެމްބަރުންނަށް ބޮޑު އަގުލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުން ދެއްވައިގެން ނޫނީ ރައްޔިތުންނަށް ހަމަޖެހުން ލިބިގެން ނުދާނެކަމަށެެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ އެތެރޭގައި ހަމަޖެހުމެއް ނެތްކަމަށެވެ. އަހުމަދު ވިދާޅުވީ، އެތެރޭގެ މަސްލަހަތުވެސް ގެއްލިފައިވާކަމަށާއި ޕީޕީއެމް ޕީއެންސީގެ ތެރޭގައި މެމްބަރުންގެ ދެމެދު އިތުބާރެއްވެސް ނެތްކަމަށް ފާހަގަކުރެއްވިއެވެ. އަދި ބުނާ އެއްޗަކާއި ކަންކަން ކުރާ ގޮތާއި ދިމާނުވާ ހާލަތުގައި ގައުމު ބޭއްވުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުން އެމްޑީޕީއަށް މެޖޯރިޓީ ލިބިގެންދާނެކަމާއިމެދު ޝައްކެއްނުކުރައްވާކަމަށާއި ދެން އަންނަ ވޯޓުގައި ރައްޔިތުން ދެއްވާ ޖަވާބު ސާފުވާނެކަމަށެވެ. އަހުމަދު ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ދީފައިވާ ލުޔެއް ފިޔަވާ އެހެން އެއްވެސް ލުޔެއް ލިބިފައިނުވާކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާކަމަށާއި މެދުވެރިވަމުންދަނީ ދެރަ ނިކަމެތި ގޮތްތައްކަން ހާމަކުރައްވާފައިވާކަމަށެވެ.

އަހުމަދު ވިދާޅުވީ، އެހެންނަމަވެސް ކެމްޕެއިން ޕޯސްޓަރުތަކުގައިވެސް ބޮޑުވާނީ އެމަނިކުފާނުގެ ފޮޓޯކަމަށާއި ވެރިކަމަށް އާދެވުނީވެސް އެމަނިކުފާނުގެ ނަން ހުސް ގޮނޑިއެއްގައި ޖައްސަވައިގެން ކަމުގެ ޝަކުވާތައް ރައީސް ޔާމީން ކުރެއްވިކަަމށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީއަށް ބޮޑުކޮށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ހަމަޖެހުން ލިބުމަށާއި ގައުމު ހަމަ މިސްރާބަކަށް ގެންދިއުމަށްޓަކައި އަދި ވެއްޓެންދާ އަނދަވަޅުން ސަލާމަތްކުރުމަށް އެކަން ކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރުމަށް ފަސްޖެހިގެން ނުވާނެކަމަށާއި އެއީ ކޮންމެ ރައްޔިތަކުވެސް ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: