ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސަލް އެމްޑީޕީއަށް ސޮއިކޮށްފި

ފައިސަލް އެމްޑީޕީއަށް ސޮއިކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި އެމްޑީޕީ އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ފައިސަލް އެމްޑީޕީއަށް ސޮއި ކުރައްވާފައިވާއިރު، މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ލީޑަރޝިޕްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީއަށް ސޮއި ކުރައްވާ ދެއްކެވި ވާހަކައިގައި ފައިސަލް ވިދާޅުވީ ވިސްނުމާއި ފިކުރަށް ބަދަލު ނާންނަކަމަށެވެ. އެމްޑީޕީއާއިއެކު މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހައްގުގައިކަމަށް ފާހަގަކޮށް ފައިސަލް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ގެނައި ތަރައްގީއާއި ކާމިޔާބީތައް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ސާލިހު ވިދާޅުވީ ފައިސަލްއަކީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ ހައްގުގައި ވަރަށް އިހުލާތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ. ފައިސަލް އަކީ އިތުބާރު ކުރެވޭ ބޭފުޅެއްކަމަށް ފާހަގަކޮށް ފައިސަލް އެމްޑީޕިއާއި ގުޅިވަޑައިގަތުން ރައީސް ސާލިހު ސިފަ ކުރެއްވީ އެމްޑީޕީއަށް ލިބިގެންދިޔަ އާ ޖޯޝެއްގެ ގޮތުގައެވެ. އަދި ފައިސަލްއަކީ އަމަލީ ގޮތުންވެސް ބުރަކޮށް ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައިވެސް ފައިސަލް އެމްޑީޕީގެ މަސައްކަތްތަކުގައި އަމަލީކޮށް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް ފައިސަލް އަދާ ކުރައްވާނެކަމަށެވެ.

އެމަނިކުފާނުގެ އަމިއްލަ ނަމުގައިއާއި ޕާޓީގެ މެންބަރުންގެ ނަމުގައި ރައީސް ސާލިހު ވަނީ ފައިސަލްއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މީގެ ކުރީގައި ފައިސަލް ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. ނައިބު ރައީސް ކަމުގެ މަގާމަށްވެސް ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: