ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެމަނަފުށީގެ މަލްޓިޕާޕަސް ހޯލު ހެދުމުގެ މަަސައްކަތް މި އަހަރު ފަށާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ތެރޭގައި ގއ. ގެމަނަފުށީގައި މަލްޓިޕާޕަސް ހޯލް ގާއިމްކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސްސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިސްސިލާކޮށް ރައީސް އޮފީހުން ކުރިޔަށް ގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި ގެމަނަފުއްޓަށް ނިސްބަތްވާ ސަމީރު އަހްމަދު ވަނީ އެ ރަށުގެ ސްކޫލް މަލްޓި ޕާޕަސް ހޯލް އާއި މަގު ހެދުމުގެ މަޝްރޫއާއި ގުޅޭގޮތުން  ސުވާލުކޮށްފައެވެ. އޭނާ ބުނެފައިވަނީ ހުވަދު އަތޮޅުގެ ގއ. އަތޮޅުގެ އަބާދީގައި ސްކޫލުގެ ދަރިވަރުންވެސް ދެވަނަ މުޅި އާބާދީގެވެސް އަދި ދިރިއުޅުމުގެވެސް ދެވަނަ ކަމަށް ސަމީރު ވަނީ ބުނެފައެވެ. ދިވެހިރާއްޖެ ނުވަތަ ގއ. ގައި ބޭއްވޭ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް އެއް ނާރެސް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ދިމާވެފައިވާ ދަތިތަކުގެ ވާހަކަދައްކަމުން ސަމީރު ބުނެފައިވަނީ ދާދިފަހުން އިސްލާމިކް އެފެއާރސްއިން ވަނީ ބައްދަލުވުމެއް ބޭއްވިކަމަށެވެ. އެހެންނަމަވެސް ހޯލެއް ނުލިބުމުގެ ސަބަބުން އިތުރު ވަގުތާއިއެކު ދެކުލާސް ރޫމެއްގައި މަސައްކަތް ކުރަންޖެހުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގެމަނަފުށީގެ ސްކޫލުގެ ހޯލު އިމާރާތަކީ ނިމިދަޔަ ރިޔާސީ ދައުރު ތަކުގައިވެސް އެކަންކަން ކޮށްދޭނެ ކަމުގެ ފޮނި ވައުތައްވި ނަމަވެސް ހޯލުގެ ތަނަވަސްކަން ނުލިބޭ ކަމަށް ފާހަގަކުރިއެވެ. ސަމީރު ބުނެފައި ވަނީ އާބާދީގެ ގޮތުން ދަށް ގައުމުތަކުގައިވެސް ހޯލުތައް ބޭނުން ކުރަމުން ދާކަމަށެވެ. މީގެއިތުރުން ތާރުއެޅުމުގެ މަސައްކަތް 5 މަގެއްގައި އަޅާފައިވާކަމަށާއި އާބާދީގެ 2 ވަނައަށް ވާއިރު އުޅަނދުވެސް ގިނަ ކަމަށް ފާހަގަކުރިއެވެ.

އަޅުގަނޑުމެންނަށް ވުރެ އާބާދީ މާ މަދު ރަށްރަށުގައި ދިހަބާރް ވަރަކަށް މަގުގައި ތާރުއެޅިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބިފައިވޭ. މިދެކަމަކީ އަޅުގަނޑުމެންގެ މި ގެމަނަފުށީގެ ރައްޔިތުން ވަރަށް މުހިންމު ކަމާއެކު ބޭނުންވާ ކަންކަން

ރައިސް ވިދާޅުވީ މަލްޓިޕާޕަސް ހޯލެއް ގާއިމް ކުރުމުން އެކަން ހައްލުވެގެންދާނެ ކަމަށެވެ. އެހެންކަމުން އެ މަޝަރޫއު މި އަހަރުގެ ތެރޭގައި ފަށާނެކަމަަށް ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގެމަނަފަފުށި މީ މަސްވެރިކަމުގެ ވަރަށް މުހިންމު ރަށެއް. އެކަމަށް ވަރަށް ވަރުގަދަ ރަށެއް. އެހެންކަމުން އިގްތިސާދީގޮތުންނާއި އާބާދީގެ ގޮތުން ބަލާއިރުވެސް މަގު ހެދުމަކީ ރަށަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް

ރައީސް ވިދާޅުވީ ރަށުގައި ބާކީ ހުރި މަގުތަކުގައި ތާރުއެޅުމުގެ މަަސައްކަތް ފަށާނީ މަސްވެރިކަމަށް ކުރާ މަސައްކަތާއި އަދި ޖުމްލަކޮށް އާންމު ދިރިއުޅުމަށްވެސް ފައިދާވާގިތަށް ރަނގަޅުފެންވަރުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މަގުހެދުމުގެ ރަނގަޅު މަޝްރޫއުއެއް ގެމަނަފުށީގައި ކުރިއަށް ގެންދާނެ ކަމަށް ރައިސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: