ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަވަހަށް ފެށޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ގެންނަ ރައީސް ގެ ޖަވާބު ސެގްމެންޓުގައި އާއްމުންގެ މީހަކު ވަނީ ވިލިމާލެ ހަސްފަތާލުގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް އެދި ރައީސް އަރިހުން ދަންނަވާފައެވެ.

ރައީސް ވިދާޅުވީ ވިލިމާލެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވިލިމާލޭގައި އެޅުމަށް ނިންމާފައިވާކަމަށެވެ.

މި މަޝްރޫއުގެ ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތްތަކެއް ހެލްތު މިނިސްޓްރީއާ ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އަދި މިއީ ޗައިނާގެ ހިލޭ އެހީގެ ދަށުން އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވިލިމާލޭގެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި އަދި އެ ހޮސްޕިޓަލަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: