ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަށް ބަދަލުތަކެއް!

މީރާގެ އޮފީހުން މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ އަދި 2023 ވަނަ އަހަރު ޝާއިޢު ކުރި 2023-2024ގެ “ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން”، ބަދަލުތަކަކާއެކު އިދާރާގެ ވެބްސައިޓުގައި ޝާއިއިކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން މީރާއިން ބުނީ، ކާމިޔާބުކަމާއި އެކު ގިނަ ކޮމްޕްލަޔަންސް ހަރަކާތްތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވުނުކަމަށާއި މި ބަދަލުތަކަކީ، ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އަލަށް ފާހަގަކުރެވިފައިވާ ރިސްކުތަކާއި ޓެކްސް ދައްކާ ފަރާތްތަކުގެ ސުލޫކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް މީރާގެ ކޮމްޕްލަޔަންސް ސްޓްރެޓަޖީތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެއްކަމަށެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރާތަކާއި ބައިނަލްއަޤްވާމީ އިދާރާތައް މެދުވެރިކޮށް ތިންވަނަ ފަރާތުން ހޯދާ މައުލޫމާތުތަކާއި ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅާ މައުލޫމާތުތައް އަޅައިކިޔައި، ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރިސްކުތައް މަރުކަޒީ ގޮތެއްގައި ދެނެގަނެ ގިންތިކުރެވިގެން ދިއުން ހިމެނެއެވެ. އަދި މީރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުމަށްޓަކައި އީޖާދީ ހައްލުތައް ފޯރުކޮށްދިނުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މީރާގެ ރީޖަނަލް ކޮމްޕްލަޔަންސް ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމައިޒްޑް ޚިދުމަތްތަކެއް ފޯރުކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

2023-2024ގެ “ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން” އަށް ގެނެސްފައިވާ ބަދަލާއެކު، ފައިސާ ދެއްކުމާ ގުޅޭ އިލްތިޒާމްތައް ވަގުތަށް ފުރިހަމަނުކުރާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުގެ މާލީ މައުލޫމާތާއި، ސިނާއަތާއި، ފާއިތުވި މުއްދަތުތަކުގައި ޓެކުހުގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލަނބައިފައިވާ މިންވަރާއި، ތިންވަނަ ފަރާތުން ހޯދާ މައުލޫމާތު، އަދި ސޯޝަލް ނެޓްވޯކް އެނަލިސިސް ފަދަ ކަންކަމަށް ބަލައިގެން، ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ދެއްކުމާ ގުޅޭ އިލްތިޒާމްތަކުގައި ހުންނަ މައްސަލަތައް ގަވާއިދުން މޮނިޓަރކުރަމުން ގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މި ބަދަލާއެކު، ނުރަސްމީ ވިޔަފާރިތައް ނުވަތަ “އިންފޯމަލް ސެކްޓަރ”ގައި ހިންގާ ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް ރިސްކްތައް ކުޑަކުރުމަށް މި އަހަރުގެ ތެރޭގައި މީރާއިން އިސްކަންދޭނެއެވެ. މި ގޮތުން، ޓެކްސް ދައްކާ ފަރާތްތަކާއި ވިޔަފާރި ޖަމިއްޔާތަކާ ގުޅިގެން،  ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޓެކްސް ދައްކާ ފަރާތްތައް އަހުލުވެރިކުރުވައި، ލުއިފަސޭހަ އުސޫލުތައް ގާއިމުކޮށްދީ، އެ ފަރާތްތަކުގެ ރިސްކް ލެވެލްއާ މުނާސަބުވާނެ އެންފޯސްމަންޓް ފިޔަވަޅު ތަންފީޒުކުރުމަށް މަސައްކަތް ކުރާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ޓޫރިސްޓު އުޅަނދުތަކަށް ހިންގާ ކޮމްޕްލަޔަންސް ހަރަކާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުތަކަށް އަމާޒުކޮށްގެން މި އަހަރުގެ ތެރޭގައި އިތުރު ހަރަކާތްތަކެއް ހިންގުމަށް ރާވައިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންއަކީ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އެކުލަވާލާ ޕްލޭންއެކެވެ. މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ ‘ވޮލަންޓްރީ ކޮމްޕްލަޔަންސް’ އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ ނޮން-ކޮމްޕްލަޔަންސް މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ. މި ގޮތުން، 2020 ވަނަ އަހަރުން ފެށިގެން މީރާއިން ދަނީ ކޮންމެ އަހަރަކަށް ވެސް ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނެއް ތައާރަފްކޮށް، މި ޕްލޭންގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: