ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ ”އަހާ“ ގެ ސިލްސިލާގެ ފޯރަމް މިރޭ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، ”އަހާ“ ސިލްސިލާގެ ފޯރަމެއް ހުކުރުދުވަހުގެރޭ (މިރޭ) ސަލްޓަންޕާކުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

”އަހާ“ ފޯރަމްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ކުރިޔަށް ގެންދާ ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި މިދިޔަ ޖެނުއަރީ މަހު ވަނީ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުސަތުދީ، ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފަ އެވެ.

މިރޭ އޮންނަ މި ސިލްސިލާގެ 2 ވަނަ ފޯރަމްގައި ރައީސް ޑރ. މުއިއްޒުއަށް ސުވާލު ދެންނެވުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް އޮންނާނެ އެވެ. އެގޮތުން ކުރީން ސުވާލު ފޮނުވުމުގެ އިތުރަށް ފޯރަމްގައި ބައިވެރިވެ ސީދާ ސުވާލު ދަންނަވަން ބޭނުންފުޅުވާ ރައްޔިތުންނަށްވެސް އެ ފުރުސަތު އޮންޏާނެ އެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭގެ 08:45 ގަ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން އިއުލާނު ކުރެއްވީ ރައީސެވެ. އަދި ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސް ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން ވެސް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައި ވެއެވެ.

މިއީ، ރައްޔިތުންގެ ސުވާލުތަކަށް ރައީސާއި ވަޒީރުން ވަގުތުން ޖަވާބު ދެއްވުމަށް ސިލްސިލާ ޕަބްލިކް ފޯރަމްތަކެއް ރާއްޖޭގައި މިގޮތަށް ބާއްވަމުން ގެންދާ ފުރަތަމަ ފަހަރެވެ. މި ސިލްސިލާގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ފޯރަމަށްވެސް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުހުން ބުނީ، ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ރައީސް މުއިއްޒު އަބަދުވެސް މަސައްކަތް ކުރައްވައި، އެކަމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެގޮތުން ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރު ކުރައްވާފަ އެވެ.

މީގެއިތުރުން ސިލްސިލާ ގޮތެއްގައި ”ރައީސްގެ ޖަވާބު“ ގެ ނަމުގައި ހާއްސަ ސެގްމެންޓެއް ތައާރަފުކޮށް ކޮންމެ ދުވަހަކު ވެސް ދަނީ ވީޑިއޯއެއް އާންމު ކުރަމުންނެވެ. މި ވީޑިއޯގައި އާންމު ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް، ދެއްވާ ޖަވާބު ރައީސް އޮފީހުން އާންމު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: