ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންގެ ރުހުން ހިފަހައްޓައި، އަޒުލު ކުރުމުގެ ވާހަކަ ދައްކަނީ އެއްވެސް އަސާސެއް ނެތްކަމެއްގެ މައްޗަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ހިދުމަތް ދީ، އެތައް ކާމިޔާބީއެއް ހާސިލު ކުރަމުން ގެންދާއިރު ވެސް ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ނުދީ ހިފަހައްޓައި، އަޒުލު ކުރުމުގެ ވާހަކަތަކެއް ދައްކަމުން ދަނީ އެއްވެސް އަސާސެއް ނެތް ކަންތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދާ “އަހާ” ޕްރޮގްރާމުގަ އެވެ.

ސަރުކާރަށް ކުރާ ޖެއްސުމާއި، އުނދަގޫތަކަށް ބޭނުން ވަނީ ރަނގަޅު މަޖިލީހެއްކަމަށް ރައީސް މިރޭ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު އިންތިހާބުވެ އަދި މާގިނަ ދުވަހެއް ނުވާކަމަށާއި އެހެން ނަމަވެސް މިވީ މަދު ދުވަސްތަކުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ސަރުކާރަކަށް ދޭން ޖެހޭ އެއްވެސް އެެއްބާރުލުމެއް ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ މިހާރު އޮތް ގޮތުން ސަރުކާރު ހިންގުމުގެ ބާރުގެ މައްޗަށް، ބާރު ހިންގޭ ގޮތަށް އޮތް ތަނަކަށްވާއިރު އޭގެ ނަތީޖާ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފެނިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އެއްވެސް އަސާސެއް ނެތި ވެސް ސަރުކާރުގެ އެކި ކަންކަމަށް، އަދި ހިންގަން ތިބި މީހުންނަށް ވެސް އެކި ކަހަލަ ކަންކަން ކުރިމަތި ކުރެވޭ ގޮތަށް އޮތް މަޖިލީހެއް.. އެއީ މިވަގުތު ނިޒާމު އޮތް ގޮތް.. އެހެންވީމަ ރައްޔިތުންނަށްޓަކައި ރިޔާސީ އިންތިހާބަކުން، މީހަކު ހޮވައި، ރައްޔިތުން ބޭނުންވާ ކަންކަން ކުރަން ހަވާލު ކުރުމުން.. އެކަންކަން ކުރުމުގެ ފުރުސަތު ނުދީ އެއްވެސް އަސާސެއް ނެތި، ނުދީ ހުރަސްއެޅޭ ނިޒާމެއްގެ ތެރެއިން، އޮޕަރޭޓު ކުރާ ނުވަތަ ކަންކަން ހިންގާ، ގޮތަށް މަޖިލިސް އޮންނަ އޮތުން އެއީ ރައްޔިތުން ގޮތް ނިންމާނެކަމެއް،، ރައްޔިތުން އެއަށް ގޮތް ނިންމަވާނީ..

ރައީސް ވިދާޅުވީ މިދިޔަ ތިން މަސް ދުވަހު މަޖިލީހުގައި ސަރުކާރަށް އުނދަގޫކޮށް، ޖެއްސުން ކުރުމަށް ކުރި އެތައް ކަމެއް ފެންނަން އެބަހުރިކަމަށެވެ. އެހެންކަމުން ދެން ކުރިޔަށް އޮތް ތަނުގައި ގޮތް ނިންމާނީ ރައްޔިތުންކަމަށް ރައީސް ވިދާޅުވި އެވެ.

ހަފްތާ ސާދައިގެ ދަށުންވީ 160 ވައުދުގެ ތެރެއިން، ރައީސް ވިދާޅުވީ ގޮތުން 150 ވައުދު ވަނީ ފުއްދިފަ އެވެ. އެހެންކަމުން ބާކީ އޮތް ވައުދުތައް ވެސް 80 އިންސައްތައަށް ހާސިލު ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ކާމިޔާބީތަކާއި އެކު ވެސް ވަޒީރުންނަށް ރުހުން ނުދިނުމާއި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ކުރާ މަސައްކަތްތަކަކީ އެއްވެސް އަސާސެއް ނެތްކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: