ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާނެ، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ "އަހާ" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ރިޔާސީ ވައުދާއި އެއްގޮތަށް އެ މަސައްކަތް ފަށައި ސަރުކާރުން ވަނީ ތާރީހުތަކެއް ދީފަ އެވެ. އެއީ މާޗު މަހުގެ 14 އަދި، މޭއި މަހުގެ 10 ވަނަ ދުވަހެވެ.

މުއިއްޒު ވަނީ، އިންޑިއާގެ ސިފައިން ފޮނުވާލުމަށް ރަސްމީ ގޮތުން ހުށަހަޅުއްވާފަ އެވެ. އެގޮތުން މިދިޔަ ދޮޅުމަހެއްގެ ތެރޭގައި އިންޑިއާ – ރާއްޖެ ދެމެދު ހައިލެވެލް އެކި މަޝްވަރާތަކެއް ކުރިޔަށް ދިޔައިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެކަމުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ.

ސިފައިން ފޮނުވާލަން ބޭނުންވާ ފަހު ތާރީހެއްގެ ގޮތުގައި މާޗު މަހުގެ 14 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށަހަޅާފައިވާއިރު މިހާތަނަށް އައިއިރު ސިފައިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ. އެންމެ ފަހުން ސަރުކާރުން ދިން މައުލޫމާތުތަކުގައި ބުނީ، ސިފައިންގެ އަދަދަކީ 88 ކަމަށާއި އެ އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ. އިންޑިއާ – ރާއްޖެ ދެމެދު ކުރިޔަށް ދިޔަ ހައިލެވެލް މަޝްވަރާއަށް ފަހު މާ ތަފްސީލީ މައުލޫމާތުތަކެއް ހާމަ ނުކުރި ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ދެމެދު މިހާރު މި މައްސަލައިގައި ލިޔެކިއުމުން އެއްބަސްވުމަަކަށް އާދެވިފައިވާ ކަމަށެވެ. އަދި އެ ތާރީހުތަކުގައި ރާއްޖެ ދޫކޮށް ސިފައިން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “އަހާ” ޕްރޮގްރާމުގައި އާންމުންގެ މީހެއްގެ ސުވާލަށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ހުރިހާ ވައުދެއް ފުއްދާނެ ކަމަށެވެ. އަދި ވެރިކަމަށް ތިން މަސް ނުވަނީސް ބަޔަކު، އެމަނިކުފާނުގެ މަސައްކަތާއި މެދު ނުވަތަ މިހާތަނަށް ފުއްދުނު ވައުދުތަކާއި މެދު ސުވާލު އުފެއްދި ނަމަވެސް އެފަދަ ގޮތަކަށް ނިޔަތާއި މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުވި ހުރިހާ ވައުދެއް ފުއްދަމުން މި ދަނީ.. ބޭރުގެ ސިފައިން ފޮނުވާލުމަށްޓަކައި، އެ އޮންނަ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން އިންޑިއާގެ ސަރުކާރާ ފުރަތަމަ ދުވަހު ވެސް ވާހަކަ ދައްކަން ފަށައި، ހަމަ އެ ޕްރޮސެސް ކުރިޔަށް ގެންގޮސް، މިހާރު އެ އޮތީ އިންޑިއާގެ ދެވަނައަށް ބޭއްވުނު ބައްދަލުވުމުގަ މިނިޓްސް އޮފް މީޓިންއަކަށް އެއްބަސްވެވި، ތާރީހުތަކަށް އެއްބަސްވެވި، އެ މިނިޓްސްގަ، އިންޑިއާގަ ސޮއިކޮށްފަ، ފަހުން އައިސް އެ މިނިޓްސް އޮފް މީޓިންގްސްގަ ކަނޑައެޅި ލެޓާ އޮފް އެކްސްޗޭންޖްގަ ވެސް ކަނޑައެޅި ގޮތަށް އެ އޮތީ، މިހާރު ދެ ގައުމުން ސޮއިކޮށްފަ.. އޭގަ އޮތީ ތާރީހުތައް ވެސް ކަނޑައަޅާފައި.. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދަން.

ރައީސް މިރޭ ވިދާޅުވީ އިންޑިއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަމަށާއި، އެގޮތުން އޭގެ ދަށުން އިންޑިއާގެ ވެސް ސިފައިން ގެންދަން ދެކޮޅު ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށާއި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ވެސް އިންޑިއާގެ އަސްކަރިއްޔާ ފޮނުވާލުމަށް މަޝްވަރާ ފެއްޓެވިކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: