ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރުންގެ ރިޓަޔާމެންޓް އަދި ޕެންޝަން ފައިސާގެ ކަންބޮޑުވުން މި އަހަރު ހައްލުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 55 އަހަރު ވުމަށް ފަހު، ޓީޗަރުންގެ ތެރެއިން ރިޓަޔަމެންޓަށް ދާ މުދައްރިއްސުންނަށް މަހުން މަހަށް ޕެންޝަން ފައިސާ ލިބޭ ގޮތް މި އަހަރުގެ ތެރޭގައި ހަމަޖައްސައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގައި އާއި މި ސަރުކާރުގައި ޕެޓިޝަންތައް ހުށަހެޅުމުން، މުއްދަތު އިތުރު ކުރަމުން ގޮސް މިހާރު ދަންމާލާފައި އޮތީ 2025، ޖެނުއަރީ މަހުގެ ނިޔަލަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “އަހާ” ޕްރޮގްރާމުގައި އާންމުންގެ މީހަކު މިކަމާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ބުނީ މަހުން މަހަށް ލިބޭ ޕެންޝަނާ އެކު ރިޓަޔަރ ކުރާ ޕެންޝަން ލިބޭނެ ދުވަހެއް ސާފުކޮށްދޭން އެދޭ ކަމަށެވެ. އަދި ވަގުތީ ގޮތުން އެއް އަހަރު ދުވަސް އިތުރުކޮށްފައިވުމާ އެކު، އެ ބަދަލު ދާއިމީ ގޮތަކަށް ހަމަޖެހިގެން ދާނީ ކޮން އިރަކުން ތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެކަމަށް މި އަހަރުގެ ތެރޭގައި ހައްލެއް ގެނެސް ދެއްވާނެ ކަމަށެވެ.

އެއް އަހަރު… މިހިނގާ 2014 ގައި، އެކަމަށް ކުރަން ޖެހޭ މަސައްކަތްކޮށް.. ރަނގަޅު ހައްލެއް 2025 ފެށޭއިރަށް ގެނެސްދޭނަން

އާލީ ރިޓަޔާމަންޓުގެ ތެރެއިން ވަޒީފާއިން ވަކިވާ ޓީޗަރުންނަށް މަހުން މަހަށް ދެމުން އައި ޕެންޝަން ފައިސާ ހުއްޓާލީ 2022، މޭއި މަހު އެވެ. އޭރު އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓީޗަރުން ޕެޓިޝަނެއް ހުށަހަޅައި ބައްދަލު ކުރުމަށް މަސައްކަތް ކުރި އެވެ. އަދި ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިން ކުރެއްވި ދުވަސްވަރާއި، ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް އެ ޝަކުވާ އެމަނިކުފާނަށް ހުށަހަޅުއްވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: