ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ހެކަރުންތަކެއް، ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކްކޮށްފި

ހޯމް މިނިސްޓްރީގެ ރަސްމީ އެކައުންޓު، އިންޑިއާގެ ލޯގޯއެއް ޖަހައި އެގައުމަށް ނިސްބަތްވާ ބަޔަކު ހެކްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓްރީގެ ރަސްމީ އެކައުންޓު، އިންޑިއާގެ ލޯގޯއެއް ޖަހައި އެގައުމަށް ނިސްބަތްވާ ބަޔަކު ހެކްކޮށްފި އެވެ.

ރާއްޖޭގެ ހޯމް ސެކްޓާގެ ދަށުން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ހޯމް މިނިސްޓްރީގެ ވެބްސައިޓު އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އިންޑިއާއަށް ނިސްބަތްވާ ހެކަރުންތަކެއް، ވެބްސައިޓު ހެކްކޮށް ޖަހާފައިވާ ޕޯސްޓުގައި ވަނީ އެ ގައުމުން ރާއްޖެއަށް ދޭ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އިންޑިއާއަށް އިހާނެތިވާ ގޮތަށް ވާހަކަ ދެއްކުމާއި، ދިން އެއްބާރުލުމާއި އެހީތެރިކަން ހަނދާން ނައްތާލުމަކީ ކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށް އެ ޕޯސްޓުގައި ވެއެވެ.

މީގެ ކުރިން ވެސް، ރާއްޖޭގެ ރަސްމީ ވެބްސައިޓުތަކެއް އިންޑިއާގެ ބަޔަކު ހެކް ކުރި އެވެ. އޭގެ ތެރޭގައި ޖުވެނައިލް ކޯޓު ހިމެނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު ހެކް ކުރުމަށް ވެސް މަސައްކަތްކޮށްފައި ވެއެވެ. އެކަން ކާމިޔާބު ނުވުމުން ހެކަރުން ވަނީ ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އަދި ސަރުކާރުގެ އެހެން ބައެއް ވުޒާރާތަކުގެ ވެބްސައިޓަށް ސައިބާ އެޓޭކުތައް ދީފަ އެވެ.

ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކް ކުރި މީހުން ވަނީ، އިންޑިއާއަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރާނަމަ ރާއްޖޭގެ ވެބްސައިޓުތައް ހެކްވަމުން ދާނެކަމަށް ބުނެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: