ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުތައް ލިބުނީ ހައްގުވެރިންނަށް ތޯ ބެލުމަށް ”ފްލެޓު ކޮމިޓީއެއް“ އުފައްދަނީ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ "އަހާ" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓުތައް ދޫކޮށްފައިވަނީ، ހައްގުވެރިންނަށް ތޯ ކަށަވަރު ކުރުމުން ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓްރާނިޝަނަލް މުއްދަތުގައި އާންމު ކުރި ފްލެޓު ލިސްޓަށް ގިނަ ބަޔަކު ދެކޮޅު ހަދައި ހައުސިން މިނިސްޓްރީގައި މުޒާހަރާ ކުރި އެވެ. އޭރު އެންމެ ބޮޑަށް ސުވާލު އުފެދުނީ ފްލެޓަށް ޕޮއިންޓު ދީފައިވާ އުސޫލާ މެދު އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. އޭގެ ފަހުން އެ ކޮމިޝަނުން ހައުސިންއަށް އެއްވެސް މައްސަލައެއް ނެތްކަމަށް ބުނާ ލިސްޓެއް ފޮނުވި މައްސަލަ ވެސް ވަނީ ގޯސްވެފަ އެވެ.

ފްލެޓުގައި ވާނުވާ ނޭނގި، ރަނގަޅު މައުލޫމާތުތައް ނުލިބޭތީ އެކަމާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކުރުމުން “އަހާ” ޕްރޮގްރާމުގައި ރައީސް މިރޭ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ލިބުނީ އެ ލިބެންޖެހޭ މީހުންނަށްތޯ ޔަގީން ކުރުމަށް ރައްޔިތުން އިތުބާރު ކުރާ ގަދަރުވެރި މީހުންގެ މައްޗަށް އެކުލެވޭ ފްލެޓު ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ. އަދި އެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްލެޓުގެ ކަންކަމުގައި އާންމު ރައްޔިތުންގެ އިތުބާރު ގާއިމު ކުރުމަށް ސަރުކާރުން ބޭނުންވާކަމަށާއި، މިއީ ސަރުކާރުން ވަކި ގޮތަކަކަށް ދޭ އިރުޝާދެއްގެ ދަށުން ކުރާ މަސައްކަތަކަށް ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ވެސް އެ ބައެއްގެ ބަސް ގަބޫލު ކުރާ ކަހަލަ ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދައިފައި.. އޭސީސީން އެ ނިންމި ނިންމުން އެ ލިސްޓު އަޅުގަނޑުމެން އެ ކޮމިޓީ ލައްވައި ބަލާނީ..

ރައީސް ވިދާޅުވީ އެއްވެސް މީހަކަށް ގޯސްކޮށް ފްލެޓު ލިބުނުތޯ އޭރުން އެނގިގެން ދާނެ ކަމަށެވެ.

މިވަގުތު އޮތް ގޮންޖެހުމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިވަގުތު ހަމައެކަނި އޭސީސީގެ އަތުގައި އޮތުމެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: