ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހިޔާލާއި ޝަކުވާ ސީދާ ރައީސަށް ހުށަހެޅޭ ޕޯޓަލްއެއް އިފްތިތާހުކޮށްފި

ސަރުކާރުން ކުރިއަށް ގެންދާ "އަހާ ފޯރަމް"ގެ ދެވަނަ ފޯރަމްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ވައުދާ އެއްގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ދަށުން އެމަނިކުފާނަށް ހިޔާލާއި މަޝްވަރާތައް އަދި ޝަކުވާ ހޫށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ “ރައްޔިތުންގެ އަޑު” ޕޯޓަލް އިފްތިތާހުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ މީޑިއާ ގުޅިގެން ކުރިޔަށް ގެންދާ “އަހާ ޕްރޮގްރާމް” ނިންމާލުމަށް ފަހު މިރޭ މި ޕޯޓަލް އިފްތިތާހު ކުރެއްވީ ރައީސް މުއިއްޒެވެ. ސަލްޓަން ޕާކުގައި މިރޭ ކުރިޔަށް ގެންދިޔަ އަހާ ޕްރޮގްރާމުގައި އާންމުން ވަނީ، އެކި ދާއިރާތަކުން ހުރި ކަންބޮޑުވުންތަކާއި އަދި ޝަކުވާތައް އަދި ސުވާލުތައް ރައީސަށް ހުށަހަޅުއްވާފަ އެވެ. އަދި ރައީސް ވަނީ އެކަމަށް ހައްލު ގެނެސްދެއްވުމަށާއި މި ދާއިރާތަކުގެ ތެރެއިން ހައްލު ގެނައުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވަމުން ގެންދަވާނަމަ އެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

ރައްޔިތުންގެ އަޑު ޕޯޓަލް އިފްތިތާހު ކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ، ރައްޔިތުންގެ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރައްވަމުން ގެންދަވަނީ ހާދިމެއްގެ ގޮތުގައިކަމަށާއި އެ މަސްއޫލިއްޔަތުގެ ތެރެއިން ރައްޔިޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރައްވަން ޖެހޭނެކަމަށް އަބަދުވެސް ގަބޫލު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވީ ދެފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރެއް ގާއިމު ކުރުމަށްކަމަށާއި، ކަންކަން ވާނުވާގައި އޮތުމަކީ އެމަނިކުފާނު ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރައްވައި އެމަނިކުފާނާއި ހަމައަށް ޝަކުވާތައް ގެނައުމަށް އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: