ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތް ދިނުމުގައި ހަމަހަމަ ވާނެ، ވަކި ޕާޓީއަކަށް ނިސްބަތް ވާކަށް ނުޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ މީހަކު ނިސްބަތްވާ ޕާޓީއަކަށް ނުބަލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “އަހާ” ޕްރޮގްރާމުގައި މިރޭ އާންމުންގެ މީހަކު ވަނީ ވަނީ ބޯހިޔާވަހިކަމުގެ ދަތިތަކާއި ގުޅޭގޮތުން ސުވާލު ކުރިއިރު އޭނާއަކީ މިހާރު ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެމްބަރެއްކަން ފާހަގަކޮށްފަ އެވެ.

ސުވާލުގައި އޭނާ ބުނެފައި ވަނީ ރައީސް ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ލިބުނު ހިޔާ ފްލެޓު ވެސް ގެއްލުނީކަމަށާއި އޭރު އޭނާއަކީ އެހެން ޕާޓީއެއްގެ މެމްބަރެއް ކަމަށެވެ. އަދި މިހާރު އަނެއްކާވެސް ފްލެޓުގެ އެއްވެސް މައުލޫމާތެއް ނޭނގޭއިރު، އޭނާ ނިސްބަތް ވަނީ ރައީސްގެ ޕާޓީއަށްކަމަށް ބުންޏެވެ. އެކަން ފާހަގަކުރި ނަމަވެސް އޭނާގެ މައިގަނޑު ސުވާލަކަށް ވީ، ފްލެޓުތަކަށް ވާ ގޮތް ސާފުކޮށްދެއްވުމަށެވެ.

ޖަވާބު ފައްޓަވަމުން ރައީސް ވިދާޅުވީ، ކަންކަން ކުރުމުގައި އެމަނިކުފާނަކީ އެއް އިރެއްގައި ވެސް ޕާޓީތަކަށް އިސްކަން ނުދެއްވާ ކަމަށެވެ. އަދި ސަރުކާރުން ކަމެއް ހާސިލުވުމުގައި އެ މީހަކީ ސަރުކާރުގެ ޕާޓީގެ މެމްބަރަކަށް ވާން ނުޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ މެމްބަރަކަށް ވާކަށް ނުޖެހޭނެ، ޕީޕީއެމަށް ވެސް ނިސްބަތް ވާކަށް ނުޖެހޭނެ.. ރައްޔިތުންނަށް ހިދުމަތް ކުރުމުގައެއް..

ރައީސް ވިދާޅުވީ ހިދުމަތް ދިނުމުގައި ކޮންމެ ރައްޔިތެއް ވެސް ހަމަހަމަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: