ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެންބަރެއްގެ ޝަރުތުތައް އަޅުގަނޑުގެ ކިބައިގައި ހުންނާނެ، ސަރުކާރު ޖަވާބުދާރީ ކުރާނަން: ފަލާހް

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އިނގުރައިދޫ ދާއިރާއަށް ވާދަ ކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހް.
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެންބަރަކަށް ވާން ބޭނުންވާ ގާބިލްކަން އޭނާގެ ކިބައިގައި އެބަހުރިކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އިނގުރައިދޫ ދާއިރާއަށް ވާދަ ކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް، އޭނާގެ ކެމްޕެއިން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މީގެ ކުރީ 3 އިންތިހާބުގައި ވާދަކުރުމަށް އޭނާ ކުރި ކެމްޕެއިންވެސް ފެއްޓެވީ ރަސްމާދޫގައިކަމަށެވެ.

ފަލާހް ވަނީ އޭނާއާއިއެކު އެ ދާއިރާގެ ޓިކެޓަށް ވާދަ ކުރެއްވި އަނެއް ކެންޑިޑޭޓު ދެއްކެވި ނަމޫނާއެއްކަމަށް ވިދާޅުވެފައެވެ. ޕްރައިމަރީގައި ނާކާމިޔާބުވީ ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ކުރިމަތިލީކަމަށް ފާހަގަކޮށް ފަލާހް ވިދާޅުވީ އެއީ ޕާޓީއަށް ގެއްލުމެއްކަމަށެވެ.

މަޖިލީސް އިންތިހާބު ދިމާވީ ދުނިޔާގެ އިގްތިސާދުވެސް ވަރަށް ބޮޑަށް ހީނަރުވެފައިވާ ދުވަސް ވަރަކާއިކަން ފާހަގަކުރައްވާ ފަލާހް ވިދާޅުވީ މިއީ ހަމައެކަނި ރާއްޖޭގެ ހާލަތު ނޫންކަމަށެވެ. މިއަހަަރަށް 50 ބިލިއަނާއި ކައިރިކުރާވަރުގެ ބަޖެޓެއް ފާސްކުރިއިރު، ދައުލަތަށް ލިބޭ އާމްދަނީ ބެލުމަކީ މުހިންމުކަމެއްކަމަށް ފަލާހް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރަށް ފާޑު ވިދާޅުވެ، ފަލާހު ފާހަގަކުރެއްވީ ޑެފިސިޓު ބަޖެޓާއި އަދި އެހެނިހެންވެސް ދަރަނި އިތުރުކަމުގެ ވާހަކައެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ފަހު ވަގުތު ހިއްކާފައި ނެތް ތަންތަނުން ދޫކުރި ގޯތިތައް ފާހަގަކުރެއްވިއެވެ. ދައުލަތުގެ ފަރާތުން ލިޔެ ކިޔުންވެސް ހަވާލް ކޮށްފައިވާކަމަށް ފާހަގަކޮށް އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ވަގުތީ މުވައްޒަފުންގެ ނަމުގައި އެތައް ބަޔަކަށް ދަޅަ ދައްކާ، ކުރާނެ މަސައްކަތެއް ނެތި ވަޒީފާ ހަވާލުކުރި މީހުންވެސް ތިބިކަމަށް ފަލާހް ވިދާޅުވިއެވެ. ސިއްހީ ދާއިރާގެ ހާލަތު ގޯސްވެފައިވާ މިންވަރުވެސް ފަލާހު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންވެސް ކުރަނީ އެއްވެސް މާނައެއް މަސައްކަތްތަކެއްކަމަށް ފަލާހް ސިފަކުރެއްވިއެވެ.

އެހެންވީމަ މިއަދަކީ އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެ ބޮލުގައިވެސް ވަރަށް ބޮޑެތި ޒިންމާތަކެއް، ވަރަށް ބޮޑެތި ކަންތައްތަކެއް އެޅިފައިވާ ދުވަހެއް. ކޮންމެ ރައްޔިތެއްގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަން ޖެހިފައިވާ ދުވަހެއް.

ފަލާހް ވިދާޅުވިއެވެ.

ތިން ވަނަ ފަހަރަށް މަޖިލީހަށް ކުރިމަތިލެއްވީ ގުޅިގެން މަސައްކަތް ކުރެވޭނެ ސަރުކާރެއް އޮތުމުންނާއި، އޭނާގެ އެ ގާބިލްކަން ހުރުމުގެ ސަބަބުންކަމަށް ފަލާހް ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުކަމާއި ހަވާލުވާންވާނީ ޝަރަފަކަށްޓަކައި ނޫންކަމަށް ފާހަގަކޮށް ފަލާހް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި މުސާރައެއް ހޯދުމަށްވެސް ކުރިމަތިލާކަށް ނުވާނެކަމަށެވެ.

ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ސަރުކާރަށް ދެވޭނެ ވަރުގެ ގާބިލް މީހަކަށް މަޖިލީހުގެ މެންބަރުން ވާން ޖެހޭނެކަމަށް ފަލާހް ވިދާޅުވިއެވެ. އަމިއްލަ ދިރިއުޅުމުން އާންމު ރައްޔިތުންނަށް އެ ގާބިލްކަން ފެންނަންޖެހޭނެކަމަށާއި، ހަޔާތުގައި ކާމިޔާބީތައް ހޯދައިފައިވާ މީހަކަށްވެސް ވާންޖެހޭނެކަމަށް ފާހަގަކޮށް ފަލާހް ވިދާޅުވީ އެހެން ނޫނަމަ ޒިންމާ އަދާ ނުކުރެވޭނެކަމަށް ފަލާހް ވިދާޅުވިއެވެ.

މަޖިލީހުގެ ރަސްމީ ގަނޑީގެ އިތުރުންވެސް ދާއިރާގެ ރައްޔިތުންނަށް މަސައްކަތް ކޮށްދެވޭ ވަރުގެ ގާބިލް މީހަކަށް ވާން ޖެހޭނެކަމަށް ފާހަގަކޮށް، ފަލާހް ވިދާޅުވީ އޭނާގެ ގައިގައި މަޖިލީހުގެ މެންބަރަކަށް ވުމުގެ ގާބިލްކަން އެބަހުރިކަމަށެވެ.

އަމިއްލަ ސަރުކާރުގެ ވެރިކަމެއްވެސް ޖަވާބުދާރީވުމުގައި ފަސްނުޖެހޭނެކަމަށް ފަލާހް ވިދާޅުވިއެވެ. އިހުތިޔާރު ކުރައްވާނީ ރައްޔިތުންކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: