ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީއަކާ ނުލައި ނޫސްވެރިޔާ އަޒާންއަށް މަޖިލިސް ޓިކެޓް ކަށަވަރުވެއްޖެ

ދިޔަރެސް ނޫހުގެ ކޯ ފަހުންޑަރު އަހުމަދު އަޒާން/ ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަހްމަދު އަޒާނަށް ޕްރައިމަރީއަކާއި ނުލައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރުވެއްޖެއެވެ.

އަޒާނަށް ޕާޓީގެ ޓިކެޓް ކަށަވަރުވެފައި ވަނީ އެ ދާއިރާގެ ގޮނޑިއަށް އެހެންފަރާތަކުން ޕްރައިމަރީގައި ވާދަނުކުރާތީއެވެ.

މަޖިލީހަށް ވާދަކުރުމާ ގުޅޭގޮތުން އަޒާން ވިދާޅުވީ ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު މަގަކީ 20 ވަނަ ރައްޔިތުންގެ މަޖިލީސް ކާމިޔާބުކުރުން ކަމަށެވެ. އެެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށް ހެޔޮ ބަދަލުތަކެއް ގެނޭވެކަމަށް ގަބޫލުކުރައްވާ ކަމަށާއި، ޕީޕީއެމް ޕީއެންސީ ޓިކެޓުގައި މަޖިލީހުގެ އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ގޮނޑިޔަށް ވާދަކުރެއްވުމަށް ނިންމެވި ސަބަބަކީވެސް އެއީކަމަށް ވިދާޅުވި އެވެ.

އަޒާނަކީ ނޫސްވެރިކަމުގެ ދާއިރާގައި ސަރުކާރު ޖަވާބު ދާރީ ކުރުމަށް ގިނަ މަސައްކަތެއް ކޮށްފައިވާ ގާބިލު ނޫސްވެރިއެކެވެ. އަދި އޭނާ ނޫސްވެރިއަކަށް ހުންނަވައި ކުރެއްވި މަސައްކަތުން ސަރުކާރަށް ކުރެވުނު ތުހުމަތުތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

އަޒާނަކީ ތައުލީމީ ރޮގުންވެސް ހުނަރުވެރި ޤާބިލް ބޭފުޅެކެވެ. އެގޮތުން މެލޭޝިޔާގެ ކާޓެން ޔުނިވާސިޓީން އޭނާ ވަނީ ފައުންޑޭޝަން އިން މީޑިޔާ ސްޓަޑީޒް ގެ ތައުލީމް ހާސިލްކުރައްވާފައެވެ. އަދި އަޒަރު ބައިޖާނުގެ ސަރުކާރުން ދިން ސްކޯލާޝިޕެއްގެ ދަށުން ޑިޕްލޮމެޓިކް އެކަޑަމީ އިން އިންޓަރނޭޝަނަލް ރިލޭޝަން އިން އަޒާން ވަނީ ބެޗެލާސް ޑިގްރީ ވެސް ހާސިލްކުރައްވާފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: