ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ މުއާމަލާތް ވަގުތީގޮތުން މެދުކަނޑާލީ ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެތީ: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް/ ފޮޓޯ: އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށާ ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް އެ ބޭންކުން ބަދަލު ގެނައުމާ ގުޅިގެން އެކްސްގަ ހިއްސާ ކުރި ޕޯސްޓެއްގަ އަޒާން ވިދާޅުވީ މިކަމުގެ ދަތިކަން އެތައް ބަޔަކަށް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މި ނޫން އޮޕްޝަނެއް އޮތްނަމަ ބޭންކުގެ މައި ހިއްސާދާރު ކަމަށްވާ ސަރުކާރުން މިކަން މިގޮތަށް ނުކުރާނެކަން ކަމަށެވެ.

ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުން. މަރުކަޒީ ބޭންކަށް ލިބޭ ޑޮލަރުުން ކުރަންޖެހޭ ކަންކަން. 1. ބޭރުގެ ދަރަނި ދެއްކުން 2. ރާއްޖެއަށް ބޭނުންވާ ތެޔޮގަތުން 3. ބޭންކުތަކަށް ޑޮލަރު ދޫކުރުން. އޯގަސްޓު/ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ ދެ މަސް.

އަޒާން ވިދާޅުވީ ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ އެއީ ކަމަށެވެ. އަދި ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު, އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށް ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ޑޮލަރު ދޫކުރަނީ ވެސް ބޭންކުތަކުން ކަމަށާ ޑޮލަރުގެ ތާށިކަން މިހާ ބޮޑުއިރު މިހާރު ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށެވެ.

މި އަހަރުގެ ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެ ކަމަށަ އުއްމީދު ކުރާ ކަމަށް ވިދާޅުވެ އަޒާން ވަނީ މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެނެވުނު ބަދަލުތަކަށް ވަގުތުން ފެށިގެން އަމަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތައް:

  •  މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބުން.
  • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބުން.
  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.

މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ކާރލް ސްޓުމްކަ ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން ކަމަށެވެ. އަދި ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: