ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ އިގްތިސާދު މި ހާލަތަށް ބަޔަކު ވައްޓާލީ ގަސްތުގައި: އާދަމް ޝަރީފް

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދަށް ގެއްލުން ދީ މި ހާލަތަށް ވައްޓާލީ ބަޔަކު ގަސްދުގައިކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިވަގުތު ހުންނެވީ ހއ. އަތޮޅުގަ އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން އޮތް މި ވަގުތު ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، މިހާލަތަކަށް ކަންކަން ދިޔައީ މިދިޔަ ސަރުކާރުން އުފެއްދި ދަރަނީގެ ސަބަބުން ޖަމަށެވެ. ޖުމްލަ 120 ބިލިއަންގެ ދަރަންޏާއި އެކު ކުންފުނިތަކުންނާއި އެކި އިދާރާކުން އަދި މުވައްސަސާތަކުން އާންމުން ލައްވައި ކުރުވާފައި ހުރި މަސަައްކަތްތަކަށް އެކަނި ދައްކަން ޖެހޭ ފައިސާގެ އަދަދު 09 ބިލިއަން ރުފިޔާއަށް އަރާކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަށް ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، އިގްތިސާދު ކޮޅަށް ޖަހައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ރާއްޖޭގެ ޕްލޭންތަކާއި މަސައްކަތްތަކަށް ބޭރުގެ މާލީ އިދާރާތަކުގެ ތައުރީފް ލިބޭކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ މި މަސައްކަތްތަކަށް އިދިކޮޅުން އަމާޒުވާ ފާޑުކިއުންތަކަށް ހއ. ދިއްދޫ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ޣަރަގުވެގެން ދާ ހިސާބަށް ވައްޓާލީ، ބަޔަކު އަޑީގައި ތިބެގެން ގަސްތުގައި ކަމަށެވެ. ނުވަތަ އެއީ މާލީ ކަންކަން ހަމަޔަކަށް އަޅުވަން ވީ ގޮތް ނޭނގުމުގެ ނަތީޖާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އިގްތިސާދު ހަރުދަނާކޮށް، ކޮޅަށްޖެހުމަށްޓަކައި ރައީސް މުއިއްޒު ފުރަތަމަ ދުވަހުން ފެށިގެން އައީ މަސައްކަތް ކުރައްވަމުންކަން ގެންދެވިކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެ ހުރިހާ މަސައްކަތުގެ ތެރެއިން ވެސް އިގްތިސާދީ ބޮޑު މަޝްރޫއުއެއް ވެސް ސަރުކާރުން އިއުލާނު ކުރެއްވި ކަމަށެވެ. އެހެންކެމުން ޕްލޭނާ އިކޮނޮމިކް ގޭޓްވޭ ހުޅުވިގެން ދިއުމާއި އެކު، އޭގެ ފަސޭހައާއި، ނަފާ ވެގެން ދާނީ ދިވެހި ރައްޔިތުންނަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި، ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރައްވަމުން.. މިހާރު ވެސް ވަނީ އިއުލާނެއް ނެރުއްވާފަހަ ހަރަދުތައް ކުޑަކުރެއްވުމަށް..

މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދު އެތައް ގުނައަކުން ރަނގަޅުވެގެން ދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން، އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ. އަދި އެ ދާއިދާއަށް ދެވޭނެ އެންމެ ބޮޑު އެއްބާރުންގެ ގޮތުގައި، މާލީ ބާރުވެރިކަން ފޯރުކޮށް ދެމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އަންނަ ކޮންމެ ކުރިއެރުމަކީ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: