ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ތަރައްގީ ފެންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ހއ. ވަށަފަރު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެނަފަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރައްވާފަ. އަދި ހަމައެއާއެކު، މި ސަރުކާރުން ރައްޔިތުންނާ ވަރަށް ގާތްކަމެއް ބާއްވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުން ކުރައްވާ ހުރިހާ ކަމެއްގައި ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލްގެ ފަރާތުން ދެއްވިއެވެ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާކަން ފާހަގަ ކުރައްވައި، މި ސަރުކާރުން ކުރައްވަން ނިންމަވާ ކަންކަން ކުރައްވާނެކަމުގެ ޔަގީކަން އޮތްކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ކަންކަން ކާމިޔަބުކުރަން ފަސޭހަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކައުންސިލް ބައްދަލުވުމުގެ ކުރިން ކުރިއަށްދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން ހާސިލުކުރަން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: