ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރަށުގައި އިކޯ ޓުއަރިޒަމްގެ ބޮޑު މަޝްރޫއުއެއް ހިންގަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ބާރަށުގައި އިކޯ ޓުއަރިޒަމްގެ ބޮޑު މަޝްރޫޢުއެއް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙާއްމަދު މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހއ.ބާރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއައި ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނަށް ބައްދަލުކުރައްވާފައެވެ.

ރައީސް ވަނީ ބާރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް މި ބައްދަލުކުރެއްވުމުގައި ވާރަށުގެ ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބާރަށަކީ ގުދުރަތީ ވެށީގެ ތަނަވަސްކަން އޮތް ރަށެއްކަމަށާއި އެހެންކަމުން ރަށުގެ ވެށީގެ ބޭނުން ހިފޭގޮތަށް ބާރަށުގައި އިކޯ ޓުއަރިޒަމް ބޮޑު މަޝްރޫޢުއެއް ހިންގަވައިދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދަވާނީ ބައިނަލްއަޤްވާމީ ބިޑިންއަކަށް ހުޅުވާލައިގެން އިންވެސްޓަރ ފައިނޭންސް އުސޫލުންކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ޕްރައިވެޓް ސެކްޓަރއަށް ފުރުޞަތު އިތުރުކޮށް، އޭގެ މަންވާ ރާއްޖެއަށް ހޯދުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިގޮތަށް ރައްޔިތުންނަށް ވެފައިވާ ކޮންމެ ވަޢުދެއް ސަރުކާރުން ޙަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ ރަށަށް އާމްދަނީ އިތުރުވެ ރަށުގެ އާއްމު ޙަލަތު ބޮޑުތަނުން ރަނގަޅުވާނެކަމަށެވެ.

އިޤްތިޞާދު ރަނގަޅުކުރުމަށް މިރަށުގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތަކީ އިކޯ ޓުއަރިޒަމްގެ ބޮޑު މަޝްރޫޢު. މި މަސައްކަތަށް އިންޓަނޭޝަނަލް ބިޑިންއަކަށް ހުޅުވާލާނަން. މިއީ ރަށަށް ފައިދާ ބޮޑުވާނެ މަޝްރޫޢުއެއް

ރައީސް ވިދާޅުވީ އިކޯ ޓުއަރިޒަމް މަޝްރޫޢު ތަރައްޤީވެގެން އަންނައިރު ރަށުގެ ވަށަ މަގު “ރިންގް ރޯޑް” ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީކުރައްވާނެކަމަށެވެ. އަދި މީގެއިތުރުން ރަށުގެ ޖެޓީ މަރާމާތުކޮށް ތަރައްޤީކޮށް މިހާރަށްވުރެ ފަސޭހައިން ރަށަށް އަރާފޭބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށެވެ.

މީގެއިތުރުން ރަށުގައި މުޅިން އަލަށް ބޮޑު މިސްކިތެއް އެޅުމަށް ކުރަންޖެހޭ މަސައްކަތްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިހާރު ފައްޓަވާފައިވަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކައުންސިލް ބައްދަލުވުމުގައި ކައުންސިލުން ޙިއްސާކުރި މަސައްކަތްތައް އިސްކަންދޭ ތަރުތީބުން ކުރިއަށްގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ސަރުކާރުން ބޭނުންވާ މަސައްކަތްތައް ހިމެނުމަށް ލިބުނީ ވަރަށް ހަނި ފުރުޞަތެއްކަމަށެވެ. ނަމަވެސް ރަށްރަށަށް މުހިންމު މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: