ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ތެރެއިން ކިރިޔާ ބާރެއް ލިބުނަސް ޑަބްލިއުޑީސީތަކަށް އިނާޔަތްތަކާއި ބާރުތައް މި ސަރުކާރުން ދޭނެ: މިނިސްޓަރ އަސްވާޑް

މިނިސްޓަރު އަސްވާޑު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ކަންބޮޑުވުންތައް ހައްލުކޮށް އެއީ އިނާޔަތްތައް ލިބޭ ބާރުތައް ހިނގާ މެމްބަރުންތަކެއްގެ ގޮތުގައި މި ސަރުކާރުން ހައްދަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު އަސްވާޑު ވިދާޅުވެއްޖެ އެވެ.

ކ. ހިންމަފުށިގައި އޮތް ލާމަރުކަޒީ ދުވަހުގެ ޖަލްސާގައި މިނިސްޓަރ ވަނީ ރަށުގެ ކައުންސިލުން ރަށުގެ ތަރައްގީއަށް ނަގާ އިސް ނެގުން ފާހަގަކުރައްވައި އެ ކުރިއެރުން ލިބިފައިވުމަކީ ފަހުރެއްކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރަށުގެ ބަނދަރު މަތީން، ރަށެއްގެ ޒަމާނީ ސިފަ ފެނުމާއި ރަށުގެ ތެރެއިން ކުރިއަރާފައިވާ މިންވަރު ފެންނާން އޮތް އިރު ހިންމަފުށި ކައުންސިލް މިނިސްޓަރ ސިފަ ކުރެއްވީ އެހެން ރަށްތަކާ އަޅާ ބަލާއިރު ނަތީޖާ ނެރުމަށް ގަދައަޅާ މަސައްކަތް ކުރާ ކައުންސިލްއެއްގެ ގޮތުގަ އެވެ.

ކައުންސިލްގެ ރައީސް ހަސަން ފާއިޒްއަށް ތައުރީފު ކުރައްވައި އަސްވާޑު ވިދާޅުވީ، ރަށުގެ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތަކާއި ހުރި ޝަކުވާތަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި މެމްބަރުން ހިއްސާ ކުރެއްވި ކަމަށެވެ. އަދި ކައުންސިލެއްގެ ހައިސިއްޔަތުން މިނިސްޓްރީއަށް ދެވެން އޮތް އެއްބާރުލުމަކީ ކޮބައިތޯ ބައްލަވައި އޮޅުންފިލުއްވާފައިވާކަމަށް ވިދާޅުވި އެވެ.

މިހާރު އެބޭފުޅުން އައުމާ ހަމައަށް މިތަނަށް ފޮނުވާފައި އޮތް ސިޓީއެއް އެއީ ކަރަންޓު، މަސައްކަތްކޮށް ދިނުމަށް ކޯހެއް ހިންގުމަށް އެބޭފުޅުން ބޭނުން ވަނީ… ޔޫތް މިނިސްޓްރީން އެ ސިޓިއަށް ޖަވާބެއް ނުލިބޭތީ.. އަޅުގަނޑު އެތާނުގައި ހުއްޓައި އެބޭފުޅުން އެ ސިޓީގެ ޖަވާބު ހޯދައިފި.. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ އެ ކަރަންޓު ވައަރިންގެ ޕްރޮގްރާމްގެ ކޯސް ވެސް މި ރަށުގައި ފެށިގެން ދާނެ އޭ.. މީގައި ރަސްމީ ނުރަސްމީ ގަޑިއެއް މުހިންމެއް ނޫނޭ، އަޅުގަނޑުގެ ވާހަކައަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގަ.. މިނިސްޓަރަކު އަތުޖެހުނީމަ ވެސް، އެމްޑީއަކު އަތު ޖެހުނީމަ ވެސް އެ މަސައްކަތް ކުރެވޭނީ ހީވާގިވީމައޭ އަޅުގަނޑު ގަބޫލު ކުރަނީ..

ކައުންސިލްގެ މެމްބަރުންގެ ނަން ވަކިވަކިން ފާހަގަކުރެއްވުމަށް ފަހު އަސްވާޑު ވިދާޅުވީ، މިއީ ހިންމަފުށީގެ ރައްޔިތުން ފަހުރުވެރިވާ ފަދަ ނަމޫނާ ކައުންސިލެއް ކަމަށެވެ.

މީގެއިތުރުން އަމިއްލަ ވިޔަފާރިތަކާއި، ޖަމިއްޔާ ޖަމިއްޔާތައް ކައުންސިލަށް ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ބަޔަކު ކުރިއަރައި ދާނީ ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

ކައުންސިލްތަކުގެ ބެލެނިވެރިފަރާތެއްގެ ގޮތުގައި ލޯކަލް ގަވަމަންޓް މިނިސްޓްރީއެއް އުފެއްދުމުން އެކަމަށް ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވި ނަމަވެސް އެއީ މި ސަރުކާރުގެ އެންމެ ރަނގަޅު އެއް ނިންމެވުންކަމަށް އަސްވާޑު ވިދާޅުވި އެވެ. ހާއްސަކޮށް ކައުންސިލްތަކަށް ދިމާވާ ދަތިތަކާއި، ބޭނުންވާ އެއްބާރުލުމަކީ ކޮބައިކަން ތަޖުރިބާ ކުރައްވާފައި ހުރި ބޭފުޅެއްގެ ގޮތުން ރައީސް މުއިއްޒަކީ ކައުންސިލްތަކުގެ އެއްވެސް ކަންބޮޑުވުމެއް ހައްލު ނުވެ ދޫކޮށްލަވާނެ ވެރިއެއް ނޫންކަމަށް ވިދާޅުވި އެވެ.

މީގެ ކުރީގައި ބޮޑު ޒިންމާއެއް އޮތް ހޯމް މިނިސްޓްރީން ކައުންސިލްތަކުގެ ކަންކަމުގައި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދިއުމަކީ އުނދަގޫކަމަކަށްވުމާ އެކު މިހާރު ފުޅާ މެންޑޭޓެއްގެ ތެރެއިން ބެލެނިވެރި ފަރާތެއް އޮތުން އަސްވާޑު ސިފަ ކުރެއްވީ ރައީސް މުއިއްޒުގެ ދުރު ވިސްނޭ ސިޔާސަތުގެ ގޮތުގަ އެވެ. އަދި ރަށްތަކުންނާއި، ކައުންސިލްތަކުން ވެސް އެފަދަ މިނިސްޓްރީއެއް އޮތުމުން މަސައްކަތްތައް ކުރުމުގައި ވަރަށް ފަސޭހަތަކާއި، ލުއިތަކެއް ލިބިގެންދިޔަކަން ބުނާކަމަށް ވިދާޅުވި އެވެ.

އެހެންވީމަ ފާޑުކިއުން އެއީ ވަރަށް ފަސޭހަކަމެއް.. އެކަމަކު ހައްލު ނެރުން އެއީ އުނދަގޫކަމެއް..

ލާމަރުކަޒީ ނިޒާމުގެ ހައްލުގެ ވާހަކަ ދައްކާއިރު އަސްވާޑު ދެން ފާހަގަކުރެއްވީ ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތަކެވެ. ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ނަމަވެސް އާންމު މުވައްޒަފުންނަށް ލިބޭ އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ޑަބްލިއުޑީސީއަށް ނުލިބޭއިރު އެކަމަށް ހައްލެއް ނުލިބޭކަމުގެ ޝަކުވާ ލިބޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ތިމަންނާމެންނަކަށް ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއެއް ނުލިބެއޭ، އަދި އާންމު މުވައްޒަފުންނަށް ލިބޭ އެއްވެސް ކުރިއެރުމެއް ތިމަންމާމެންނަކަށް ނުލިބެ އޭ.. މުވައްޒަފެއްގެ ގޮތުގާ ވެސް ނުގުނައޭ.. އެހެންވީމަ މިކަމަށް ހައްލެއް ބޭނުމޭ.. މިއީ މުޅި ރާއްޖޭގެ ވެސް ޑަބްލިއުޑީސީގެ ކަންބޮޑުވުމޭ… މި ކަންބޮޑުން އެންމެ ބޮޑަށް އޮތީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ.. ޕާސަނަލީ އެތައް ފަހަރަކު އެމަނިކުފާނު އެ ވާހަކަ ދައްކަވައިފި.. ހައްލު ގެންނަން ރައީސް ބޭނުންފުޅުވޭ.. އެކަމަކު ލާމަރުކަޒީ ގާނޫނުގަ އެ ވާހަކަ ލިޔެވިފައި އޮތީ އެހެނެއް ނޫން..

މާލޭގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވި އިރު ވެސް އެމަނިކުފާނު ޑަބްލިއުޑީސސީގެ ހައްގުގައި މަސައްކަތް ކުރައްވައި ވަކާލާތު ކުރެއްވިކަމަށް އަސްވާޑު  ވިދާޅުވި އެވެ. އޭރު އެ ވާހަކަ ތަކުރާރުކޮށް ދައްކަވަމުން ގެންދެވި ނަމަވެސް ސަރުކާރުން އެކަމަށް އެއްބާރުލުން ނުދެއްވުމުގެ ސަބަބުން އޮތީ ހައްލު ނުގެނެވިކަމަށްވުމަކީ ރައީސްގެ ކަންބޮޑުވުމެއްކަމަށް އަސްވާޑު ވިދާޅުވި އެވެ.

މިއީ ގާނޫނުގައި ލިޔެވިފައި ހުރި ކަންކަންވުމާއި އެކު މިނިސްޓަރ ވިދާޅުވީ ހައްލު ގެނެވެން އޮތީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބު ސަރުކާރު ލިބިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: