ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ތިންހާސް ސޮއިގެ ފޯމުތައް އީސީއަށް!

ޕީއެންއެފްގެ ހުއްދަ ލިބުމަށް ފަހު އީސީ ސަރަހައްދުގައި ނުސްވެރިންނާއި އެކު އޮތް ބައްދަލުވުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާ ޕީޕަލަސް ނެޝަނަލަ ފްރަންޓް (ޕީއެންއެފް) ގެ މެމްބަރުންގެ ސޮއި ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޕީއެންއެފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ޕީޕީއެމުން ވަކިވެ، ރައީސް ޔާމީން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަދި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލުގެ އެހީގައި އުފައްދަ ޕާޓީ އެވެ. ދެ ރައީސުން ދެ މިސްރާބަކަށް މަސައްކަތް ކުރަން ޖެހޭފަދަ މައްސަލައެއް ޖެހެން، ދިމާވީ ސީދާ ކޮން ހާލަތެއްގެ ސަބަބުންކަން އަދި ސާފުވެފައި ނުވާއިރު ހިޔާނާތުގެ ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރައީސް ޔާމީނަށް މީޑިއާތަކާއި އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ. އެކަމަކު ފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ، ޕީއެންއެފް ހިންގާ ހ. ހުރަފާއަށް ވަޑައިގެން ސިލްސިލާ ހަރަކާތްތަކުގައި ކޮންމެ ރެއަކު ވެސް ބައިވެރިވަމުންނެވެ.

މަޖިލިސް އިންތިހާބު ކުރިޔަށް އޮތް އިރު، މިއީ ބަންދެއްގައި ހުންނަވައި އެމަނިކުފާނު ކުރިމަތިލާން ޖެހޭ ދެވަނަ މަޖިލިސް އިންތިހާބެވެ. އޭގެ ކުރިން 19 ވަނަ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ވެސް ރައީސް ޔާމީން ހުންނެވީ ހިޔާނާތުގެ ތުހުމަތުގެ ބަންދުގަ އެވެ.

ނޮވެމްބަރު 29، 2023 ގައި ޕީއެންއެފް އުފެއްދުމަށް ދޫކުރި ހުއްދައަށް މި ހަފްތާއަށް ތިން މަސް ފުރޭއިރު ތިން ހާސް ސޮއި ހަމަކޮށް ފޯމުތައް ހުށަހެޅުން މިހާ ލަސްވި ސަބަބެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ. އެކަމަކު ކުރިން މަލީހު ވިދާޅުވަމުން ގެންދެވީ، ޕާޓީގެ ރެޖިސްޓްރީއަށް ހުށަހަޅާނީ ރައީސް ޔާމީން މިނިވަން ވުމުން ކަމަށެވެ. މަޖިލިސް އިންތިހާބުގައި ވެސް ރައީސް ޔާމީންގެ ތާއީދުގައި ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، އެއީ އަމިއްލަ ކެންޑިޑޭޓުންނެވެ.

ގިނަ ދުވަސްތަކަށް ފަހު މިއަދު، ޕީއެންއެފްގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި މަލީހު ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދު ހަމަކޮށް އީސީއަށް ހުށަހަޅާފައިވާކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ކޮމިޝަނުގެ ޖަވާބެއް ލިބުން ކަމަށެވެ. ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީން ނަގާނެ ވަގުތެއް އަދި ސާފެއް ނޫނެވެ.

އާންމު ގޮތެއްގައި ޕާޓީތައް އުފެއްދުމަށް، ނުވަތަ ހަރަކާތްތަކާއި ގުޅޭގޮތުން އެއްވެސް ބައްދަލުވުމެއް އީސީއާއި އެކު ކުރިޔަށް ގެންދާނަމަ އެ ޕާޓީއަކުން މީޑިއާތަކަށް ކުރިއާލައި އެކަން އަންގަ އެވެ. އެކަމަކު ފޯމު ހުށަހެޅުމުގެ ކުރިން ޕީއެންއެފްގެ ފަރާތުން އެފަދަ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ނުދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: