ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ގެއްލިގެން، ރާއްޖެ ބަނގުރޫޓު ކުރާނެ ގޮތް ޑިޒައިން ކުރީ ސޯލިހާއި ޝާހިދު: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީގައި، ވެރިކަން ގެއްލޭ ހާލަތެއްގައި ރާއްޖެ ބަނގުރޫޓު ކުރާނެ ގޮތުގެ މަގު ޗާޓެއް ހެދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިވަގުތު އުތުރުގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ށ. މިލަންދޫގައި ބޭއްވި ޖަލްސާގާއި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގައުމުގެ މިސްރާބު ގެއްލި އޮޔާ ދަނީކަމަށް ބުނެ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުން ގެނެދާ މީހުންނަކީ އެކަމުގެ ހަގީގީ ޒިންމާދާރުވެރިން ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުވާލުމަށް ފަހު، ނުވަތަ ވިއްކާލުމަށް ފަހު މިނިވަންކަމަށް ބުރޫއަރުވައި އެ ވާހަކަތަކުން ރެކިގަތުމަށް މިއަދުގެ ސަރުކާރާއި ގުޅުވައި އެއްވެސް އަސްލެއް ނެތް ވާހަކަތައް ފަތުރަމުން ގެންދާތީ އެކަމަށް ސައީދު ވިދާޅުވި އެވެ.

2023، ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލޭ ހާލަތެއްގައި ރާއްޖެ ބަނބުރޫޓު ކުރާނެ ގޮތުގެ މަގު ޗާޓު އޭރުގެ ސަރުކާރުގެ އިސްވެރިންގެ އަތުގައި އޮތްކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭނުންވި ގޮތަކީ އެބޭފުޅުންނަށް ވެރިކަމަށް ނާދެވޭނަމަ ދިވެހިން ނިކަމެތި ކުރުންކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ.

އެކަން ކާމިޔާބު ނުވުމުން، އެމްޑީޕީގެ މެމްބަރުން އަޑީގައި ތިބެގެން ރެޖިސްޓްރީ ނުކުރާ ވެބްސައިޓުތަކާއި އަދި އެ ނޫން ވެސް އެހެނިހެން ނޫސްތަކުގައި ރައީސް މުއިއްޒުގެ ސަރުކާރުގެ ތަސައްވުރު ގެއްލޭ ގޮތަށް ވާހަކަތައް ފަތުރަމުން އައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހިސާބު ޖަހާފައި އޮތީ ވަކި ދުވަހެއްގައި، ގައުމު ބަނގުރޫޓުކޮށްލަން.. ހަމަ ބަރާބަރަށް ޑިޒައިން ވެސްކޮށްފަ.. ބަރާބަރަށް ޑިޒައިންކޮށްފަ ބައެއްގެ އެހީތެރިކަމާ އެކު.. އޭރުގެ ފޮރިން މިނިސްޓަރާ، އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ… ހިސާބު ޖައްސާފައި އޮތީ ރާއްޖެ ބަނގުރޫޓުކޮށްލަން.. ވަކި ދުވަހަކަށް، ވެރިކަން ނުލިބިއްޖެއްޔާ.. ދެން ބަނބުރޫޓު ނުވީމާ އެކަމާ ރުޅިއައިސްގެން ރެޖިސްޓްރީ ނުކުރާ ނޫސްތަކާ، ފާޑުފާޑުގެ އެއްޗިސްތަކުގަ ތަސައްވުރު ގޯސްކުރުމަށް ވާހަކަ ދެއްކީމާ، އަޅުގަނޑު ހިތަށް އަރާ ސަމުގާގެ ކަށި ދެން ކޮން ކޮޅަކަށް ބާއޭ އެނބުރޭނީ..

ސައީދު ވިދާޅުވީ ގައުމުގެ އިގްތިސާދު ފުނޑާލައި، ބަނގުރޫޓުކޮށްލުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައްޔިތުން އެ ފުރުސަތު ނުދޭނެ ކަމަށެވެ.

މިލަންދޫގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި ސައީދު ވަނީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) އަށް 30 މިލިއަން ޑޮލަރު ސަރުކާރުން ޖަމާކޮށްފައިވާކަމަށް ހާމަކުރުމުން ރާއްޖޭގެ ނޫހަކުން ފެކްޓް ޗެކް ރިޕޯޓެއް ތައްޔާރު ކުރުމަށް ފަހު އެއީ ސައްހަ އަދަދެއް ނޫންކަމަށް ގެނައި ހަބަރަށް ރައްދު ދެއްވާފަ އެވެ. ސައީދު ވިދާޅުވީ އޭނާ ދެންނެވީ ސައްހަ އަދަދުކަމަށާއި، ކޮންމެ ގޮތަކުން ފެކްޓު ޗެކްތަކެއް ހެދުމަށް ފަހު ރިޕޯޓުތަކާއި އިންފޯގްރެފިކް ޕޯސްޓުތައް އާންމު ކުރިޔަސް މައްސަލައެއް ނެތްކަމަށެވެ.

އަޅުގަނޑު ކުރީ ދުވަހު ވެސް ދެންނެވިން.. ރައީސް މުއިއްޒު ތިން މަސް ދުވެހުގެ ތެރޭގައި އެސްޑީއެފްއަށް ތިރީސް މިލިއަން ޑޮލަރު ޖަމާކޮށްފި.. ހައްދަވާނެ ފެކްޓް ޗެކެއް ހައްދަވާ އޭގެއިން..

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދު އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމުގެ ވާހަކަ ދައްކާއިރު މިއީ ފަސޭހަކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާއިރު މިއީ މިދިޔަ ސަރުކާރުން ވާރުތަވެގެން އައި ބޮޑު އަދަދެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ އޭގެ ތެރޭގައި ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާތަކާއި، އެކި އިދާރާތަކާއި ވުޒާރާތަކުން އާންމު ރައްޔިތުން މެދުވެރިކޮށް އެކިއެކި މަސައްކަތް ކުރުވުމަށް ފަހު ނުދީ ހުރި ފައިސާ ހިމެނޭ ކަމަށެވެ.

އިގްތިސާދު ހަރުދަނާވިހާ އަވަހަކަށް ޑޮލަރުގެ ދަތިކަމަށް ހައްލު ގެނެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. ނޮވެމްބަރި 17 ގައި ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިގްތިސާދީ ގޮތުން ހުރި ގޮއެތުންޖެހުންތައް ބޮޑުކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: