ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސް ކުރުމުގެ ބިލަށް އިތުރު ބަދަލެއް ނުގެނެސް އަނެއްކާވެސް ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލިސް އިންތިހާބު ރޯދައަށް ފަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ފޮނުވުމުން އިތުރު އިސްލާހުތަކެއް ހިމެނުއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ބިލު އަނބުރާ ފޮނުވުމުން އަނެއްކާވެސް އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފި އެވެ.

ރޯދަ މަހަށް ފަހު އިންތިހާބު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ބިލު ރައީސް ފޮނުވާލެއްވީ މަޖިލީހުން އެ ފާސް ކުރިތާ 15 އަށް ވީ ދުވަހު އެވެ. ގާނޫނުއަސާސީ ބުނާގޮތުގައި މަޖިލީހުން ފާސްކުރާ ބިލެއް ފޮނުވުމުން، ތަސްދީގު ކުރުމަށް ނުވަތަ ބިލު އަނބުރާ ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާއަށް 15 ދުވަސް ލިބިގެންވެ އެވެ.

ބިލަށް އެއްވެސް ބަދަލެއް ގެންނާން ނުފެންނަކަމަށް 47 މެމްބަރަކު ވޯޓު ދެއްވިއިރު، ދެކޮޅަށް 14 މެމްބަރަކު ވޯޓު ދިނެވެ.

އަލުން އަނބުރާ ބިލު މަޖިލީހަށް ފޮނުވުމަށް ފަހު ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް ފަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެކަމަށް ގާނުނުއަސާސީގައި ބުނެ އެވެ.

ބިލު އަނބުރާ ފޮނުވާލި ސަބަބެއްކަމަށް ބުނެފައި ވަނީ މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުމެވެ.

ދެވަނަކަމެއްގެ ގޮތުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ “ފޯކަލް ޕޮއިންޓް” ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލްޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަންފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުމެވެ.

މީގެއިތުރުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރީން އައު މަޖިލީހުގެ އިންތިޚާބުގެ ހުރިހާކަމެއް ނިންމަން ބުނާއިރު  މި ބިލުގައިވާގޮތަށް އިންތިޚާބު ބާއްވާ ނަމަ ޤާނޫނުއަސާސީގައި ކަނޑައަޅާފައި އެވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިމާނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ޤަނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ބިލު ފޮނުވައި ރައީސް ވިދާޅުވީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލިސް މެންބަރުން ޤައުމުގެ މަޞްލަޙަތާ އެއްގޮތަށް ކަންކަންކުރަން ބުނަކަމާއި އެކަމަކު އިންތިޚާބުގެ ތާރީޚަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަޞްލަޙަތަކަށްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. މިއާއި އެކު އިންތިޚާބާ ބެހޭ ޤާނޫނާ މިގޮތަށް ކުޅެ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުކުރުމަކީ އިންތިޚާބާމެދު އޮތް އިތުބާރު ގެއްލޭނެކަމެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
45%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 6%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: