ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ އެމްބިއުލާންސް ލަންކާއަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދެ ގަޑިއިރުގެ ތެރޭގައި ލިބޭނެ: ސަރުކާރު

ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އާއި ސްރީލަންކާގެ އޭވިއޭޝަން މިނިސްޓަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ބަލި މީހާ ވީހާވެސް އަވަހަށް ގެންދިއުމަށް، އެއާ އެމްބިއުލާންސްގެ އޮޕަރޭޝަން ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.

ސިއްހީ ހާލަތު ގޯސްވެ، ބަލި މީހާ އިތުރު ފަރުވާއަށް މާލެއަށް ގެނަން ޖެހޭ ހާލަތްތަކުގައި އަންނަ އެންމެ ބޮޑު ޝަކުވާއަކީ މޯލްޑިވިއަންގެ ޖާގަ ނުލިބުން ނުވަތަ ޑޯނިއާ އޮޕަރޭޓް ކުރަން ހުއްދަ ނުލިބުމެވެ. މީގެ ސަބަބުން ބަލި މީހާ މާލެ ނުވަތަ ރާއްޖެއިން ބޭރަށް ނުގެނެވި ލަސްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައި ހުރިއިރު، ގިނަ ވަގުތު ނެގުމުގެ ސަބަބުން ބައެއް މީހުން ނިޔާވެފައި އެބަހުއްޓެވެ.

އެއާ އެމްބިއުލާންސް އޮޕަރޭޓު ކުރުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގައި ހޭދަވާ ވަގުތު ކުޑަކުރީ މިދިޔަ މަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެ ގައުމަށް ކުރި ދަތުރުފުޅުގައި ކުރިޔަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށް ފަހު އެވެ.

ރާއްޖެއިން ލަންކާއަށް ބަލި މީހުން އުފުލުމުގެ ހުއްދައަށް ހޯދުމަށް ބައެއް ފަހަރު 24 ގަޑިއިރު ވެސް ނަގާއިރު، މިހާރު ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ދެ ގަޑިއިރުގެ ތެރޭގައި ހުއްދަ ލިބޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދިން ގޮތުން ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުބާ ލިބޭނެ އިންތިޒާމު ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެއް ކަމަށެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ބަލި މީހާ ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ހާލަތްތަކުގައި ކަމާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ބުންޏެވެ.

ސަރުކާރުން ބުނެފައި ވަނީ ބަލި މީހާ ގެންދާނީ، ސްރީލަންކާގެ ކޮލަމްބޯގެ ބަންޑާރަނައިކެ، އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ. މިއީ އިމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ބަލި މީހާ ބޭރަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތް އަވަސް ކުރުމަށް ރައީސް ދެއްވި އިރުޝާދާ އެއްގިތަށް ކަމާ ގުޅުން ހުރި އިދާރާތަކުގެ މަސައްކަތެއްކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.

މީގެ އެއް މަސް ކުރިން ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި ރައީސް ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނޭހެން ބަލިތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ ގޮތް އާސަންދައިގެ ތެރެއިން ޔޫއޭއީއާއި ތައިލެންޑު ފަދަ ގައުމުތަކުން ހަމަޖެހިގެން ދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: