ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ކެއުމަށް މިލިއަނުން ފައިސާއެއް ނުދޭ، ދައުލަތުން ހަރަދެއް ވެސް ނުކުރޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހިންގެ ނިންމުން" ކެމްޕެއިން ނިންމާލުމުގެ ހިނގާލުންގެ ތެރެއިން/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާ ހަވާލުވި ދުވަސްވަރު މުލިއާގޭގެ މަރާމާތުގެ މަސައްކަތް ކުރިޔަށް ދާތީ، ދިމްޔާތުގައި ހުންނެވި ދޮޅު މަސް ދުވަހަށް ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ، ރައީސްގެ ޖަވާބު ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު ސުވާލު ކުރީ ދިމްޔާތުގައި ހުންނެވި ދުވަސްވަރަށް ރައީސް މުއިއްޒާއި އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި އާއިލާގެ ކެއުމާއި އަމިއްލަ ކަންކަމަށް ބޮޑު ހަރަދެއް ހިނގިކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުންނެވެ.

ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ހޭދަވިކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް ރައީސް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ދިމްޔާތުގައި ހުންނެވިއިރު ހަރަދުތައް ކުރީ އަމިއްލަފުޅަށްކަމަށާއި ދައުލަތުގެ އެއްވެސް ހަރަދެއް ނުހިނގާ ކަމަށެވެ.

އަޅުގަނޑު ގޭގައި ހުރީ އަމިއްލައަށް ހަރަދުކޮށްގެން.. ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް.. އެންމެ ހަރަދެއް ވެސް ނޯންނާނެ ގެއަށްކޮށްފައެއް..

ސެކިއުރިޓީން ވެސް ދިމްޔާތުގައި ތިބިއިރު، ރައީސް ވިދާޅުވީ އެކަމަށް ވެސް ހަރަދު ކުރެއްވީ އެމަނިކުފާނު ކަމަށެވެ. އަދި ވިދާޅުވީ 30 މިލިއަނެއްހާ ރުފިޔާ 100 އެއްހާ ދުވަހުގެ ކެއުމަށް ހަރަދުވިކަމަށް ދެކެވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އެކަމަށް ބާރު ދޭ ހެއްކެއްގެ ގޮތުގައި ރައީސް ވިދާޅުވީ ބަޖެޓުގައި ވެސް ހަރަކު ހަތް ލައްކަ ރުފިޔާ ކެއުމަށް ހިމަނާފައި އޮތުމެވެ.

ރައީސް މުއިއްޒު ވިދާޅުވީ މުޖްތަމައުގައި މިހާރު ކަން ހިނގާ އުސޫލަށް ބަލާއިރު، އެއްވެސް ރެޖިސްޓްރީ ކުރުމެއް ނެތި ވެބްސައިޓުތައް އުފަންކޮށް ދޮގު ވާހަކަތައް ފެތުރުން އާންމުވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: