ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި ”ސްމާޓް ގޭޓް“ ހިދުމަތް ތައާރަފުކޮށްފި

ވީއައިއޭގައި "ސްމާޓް ގޭޓް"ގެ ހިދުމަތް ތައާރަފުކުރުން،
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސަވިސްއިން ޙާޞިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ “ސްމާޓް ގޭޓް” ހިދުމަތް ތައާރަފުކޮށްފި އެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ބޭއްވި ހާއްސަ ހަފްލާގައި، މި ހިދުމަތް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. ހަފްލާގައި ކޮމިޝަނަރ އޮފް ކަސްޓަމްސް ޔޫސުފް މާނިއުއާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި މާނިއު ދެއްކެވި ވާހަކަފުޅުގައި ހަފްތާ 14 ގެ ތެރެއިން މުޙިއްމު ހިދުމަތްތަކެއް ތައާރަފު ކުރެވިގެން ދިއަކަން ފާހަގަކުރެއްވިއެވެ. އަދި މިއިން ކޮންމެ ހިދުމަތެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވައި، މި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެެއްވިއެވެ.

ޝަރީފް ދެއްކެވި ވާހަކަފުޅުގައި، މިއަދު ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއަރޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރެވި އަވަސް ޚިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތިބީ އެއަރޕޯޓުގެ ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމަންޓް އެޖެންސީތަކާއި ގުޅިގެން، މިއެއަރޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްދިނުމަށް ތައްޔާރަށް. މިއަދު މިފެށުނީ އޭގެތެރެއިން މުހިއްމު ކަމެއް. މީގެ ސަބަބުން ފަސިންޖަރުންނަށް ދެވޭ ޚިދުމަތް އަވަސްވެ، ދިމާވާ އިންކޮންވީނިއަންސް ހައްލުކުރެވޭނެ

ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް އެއް މަންޒިލުކަމަށްވާއިރު، އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދްމަތް ހޯދާ ދަތުރުވެރިންގެ ބޮޑު އިންސައްތައަކީ ފަތުރުވެރިންކަމަށްވެފައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދެވޭ ޚިދުމަތަކީ ޤާނޫނާ ޤަވާއިދުތަކުގެ އިމުގެ ތެރެއިން އަވަސް އަދި ލުއިފަސޭހަ ޚިދުމަތަކަށް ވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން މިއަދު މި އިފްތިތާޙް ކުރެވުނު “ސްމާޓް ގޭޓް” ވެގެންދާނީ ދަތުރުވެރިންނަށް ފަސޭހަކަމާއި އެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރުމަށް މުހިއްމު ވަޞީލަތަކަށެވެ.

މިވަގުތު ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގޭޖް ސްކޭންކުރަމުންދާއިރު އިތުރަށް ބަލަންޖެހޭ ލަގޭޖްތަކުގައި ރަތް ސްޓިކަރ ހަރުކުރެވި، “ރެޑް ޗެނަލް” އިން ލަގޭޖްތައް ހުޅުވައި، އިތުރަށް ބަލާފާސްކުރަމުންގެންދެއެވެ. ސްމާގް ގޭޓް ޚިދުމަތާއިއެކު، ކުރިން ބޭނުންކުރަމުންއައި ރަތް ސްޓިކަރގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ “ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރް.އެފް.އައި.ޑީ) ޓެގް” އެވެ. އެހެންކަމުން މިޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ވަޑައިގެން ކަސްޓަމްސް ކްލިއަރަންސް ހޯއްދަވަންވާނެއެވެ. އަދި ކަސްޓަމްސް ކްލިއަރަންސް ފުރިހަމަނުކޮށް ނިކުންނެވުމަކީ ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ ޚިލާފްކަމެކެވެ. މިގޮތަށް ނިކުންނަވަން މަސައްކަތްކުރައްވާ ދަތުރުވެރިންގެ ލަގޭޖް ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެެއެވެ. މީގެ އިތުރުން، މިޚިދުމަތާއި އެކު ގްރީން ޗެނަލްއިން ކްލިއަރަންސް ލިބެންޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި، ފުރިހަމަކުރެވިގެންދާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްމާޓް ގޭޓްގެ ޚިދުމަތް ގާއިމު ކުރުމާއެކު، މިއެއަރޕޯޓުން ޚިދުމަތް ހޯއްދަވާ ދަތުރުވެރިންގެ ކްލިއަރަންސް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ޚިދުމަތް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: