ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައާއި ގާތަށް!

ރާއްޖެއަށް އަންނަ ފަތުރުވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައާއި ގާތް ކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި މައުލޫމާތުތަކުގައިވާ ގޮތުން، މި މަހުގެ 26 ގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 392،389 ފަތުރުވެރިންނެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާބަލާއިރު، 15.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އަނެއްކާވެސް ޗައިނާވެ، އެ ގައުމުން އައި އަދަދު މިހާތަނަށް 52،709 އަށް އަރަ އެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 97،877 އާއި އެކު ރަޝިޔާއިންނެވެ. ތިންވަނައިގައި އިޓަލީ އޮތީ 97،393 ފަތުރުވެރިންނާ އެކު އެވެ.

ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ އަދަދަށް ބަލައި މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ 180 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 15 ހޮޓެލަކާއި، 809 ގެސްޓް ހައުސްގެ އިތުރުން، 140 ސަފާރީ އުޅަނދެއް އޮޕަރޭޝަނަަށް ގެނެސްފައިވެއެވެ.

މި އަހަރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: