ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑައެޅިފައިވާ އުސޫލުތައް ބަދަލުކުރާނަމަ ދައުލަތުން ބޮޑެތި ހަރަދުތައް ހިނގާނެ: ސިއްދީގު

ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންކަން ކުރުމަށް ކަނޑައެޅިގެންދާ އުސޫލުތަކަށް ބަދަލުތައް ގެންނަ ނަމަ ދައުލަތުން ބޮޑެތި ހަރަދުތައް ކުރަން ޖެހޭނެކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމައިގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް މަޖިލީހުން ފާސްކޮށްފައިވާކަމުގެ މައްޗަށް އަލިއަޅުއްވައި ސްޓޭޓް މިނިސްޓަރު ސިއްދީގު ވިދާޅުވީ، އިންތިހާބު ބޭއްވުމަށް އިލެކްޝަންސްއިން ކަނޑައަޅާފައިވާ ތާރީހަކީ މީގެ މާ ކުރިން ކަނޑައެޅިގޮސްފައިވާ ތާރީހެއްކަމަށެވެ.

އޭނާ ވިދާޅުވީ ތާރީހު ކަނޑައަޅާ ނިންމިއިރު، ރައްޔިތުންގެ މަޖިލީސްވެސް އޮންނާނެކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ލަފާދޭ ގައުމީ މަޖިލީހެއްވެސް އޮންނާނެކަމަށެވެ. އަދި އެ ތާރީހު ކަނޑައެޅިފައި އޮންނާނީ އެ ހުރިހާ ފަރާތްތަކާއިވެސް އެކު މަޝްވަރާތައްކުރުމަށް ފަހުކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ، ތާރީހު ކަނޑައެޅިފައިވާނީ އެ ދުވަހަކީ ރަމަޟާން މަހުގެ ތެރެއިން ދުވަހެއްކަން ނޭނގި ހުރެ ނޫންކަމަށާއި މިއީ ރާއްޖޭގައި އަލަށް ބާއްވާ އިންތިހާބެއް ނޫންކަމަށްވުމުން ރަމަޟާން މަހާއި އެހެނިހެން ދުވަސްތަކުގައިވެސް އެ މަސައްކަތްތަކުގެ ކަންކަން ހުންނާނެ ގޮތް ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ސާފުވާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތާރީހެއް ކުރިން ކަނޑައެޅިފައި އޮތުމުން އެކަމަށް ކުރަންޖެހޭނެ ހަރަދުތަކުގެ ތަފްސީލުތައް އިލެކްޝަންސްއިން ވާނީ ފިނޭންސްއަށް ބަޖެޓަށް ހުށައަޅާފައިވަކަމަށާއި ފިނޭންސްއިންވަނީ މިހާރު އެކަމަށް ބޭނުންވާ ބަޖެޓުވެސް ދޫކޮށްފައިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެކެވެމުންދަނީ ފައިސާތަކެއް މޭޒެއްގެ މަތިން އެއްތަނުން އަނެއް ތަނަށް ޖައްސާލުމުގެ ވާހަކަތައް ނޫންކަމަށެވެ. އެހެންކަމުން އޮންނަ އުސޫލުތައް އެހެން ގޮތަކަށް ބަދަލު ކުރަންޖެހިއްޖެ ހާލަތެއްގައި އެކަމަށް ދައުލަތުން ބޮޑެތި ހަރަދުތައް ކުރަން ޖެހޭނެކަމަށާއި ރަމަޟާން މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެކަމަށް ބޭނުންވާނެ މުއައްޒަފުން ނެގުމުގެ މަސައްކަތްތައްވެސް ކުރެވިފައިވާނެކަމަށް ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ، އެ މީހުންގެ ކެއިންބުއިމާއި މުސާރަ ދިނުން ފަދަ ކަންކަމުގެ ހަރަދުތަކަށްވެސް ބަޖެޓެއް އެކުލަވާލައި ފިނޭންސްއިން އެކަމަށް ފައިސާ ދޫކޮށްފައި އޮއްވާ ކުއްލިޔަކަށް ކުރަމުންދާ މަސައްކަތްތަކަކީ ބައެއް މެމްބަރުން ބޭނުންވާކަމަށްވުމުން ކެމްޕެއިން ކުރުމަށް ދުވަސް ހޯދުމުގެ މަސައްކަތްތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: