ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ބޭނުންވީ މަޖިލީސް ރޯދައިގެ ކުރިން ބާއްވަން: ރައީސް

ރައީސް ޑރ. މުއިއްޒު ކިނބިދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން - ފޮޓޯ؛ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރިން ބޭއްވުމަށް އެދިވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު ރަށްކަމަށްވާ ނ. ކެނދިކުޅުދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައިސް ވިދާޅުވީ މަޖިލީސް އިންތިހާބު ރޯދައިގެ ކުރިން ބޭއްވުމުގެ ފުރުސަތު މަޖިލީހަށް އޮތްކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީއިން އެކަން ބޭނުން ނުވީކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް އުނދަގޫވާނެކަމަށެވެ. ނަމަވެސް އިތުރު ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ.

އަބަދުވެސް އިވެނީ ރޯދައިގެ ތެރޭގައި ބޭއްވީމަ ރައްޔިތުންނަށް އުނދަގޫވާނެއޭ. އެހެންވީމަ ކީއްވެތޯ އަވަސްކޮށްލަ ނުދިނީ؟ އަވަސްކޮށްލަ ދިން ނަމަ އެ މައްސަލަ ހައްލު ވާނެ ނޫންތޯ؟

ރައީސް ވިދާޅުވިއެވެ.

ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް އުނދަގޫވާނެކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ވާހަކަދެއްކެވި ނަމަވެސް އަދި މިހާތަނަށްވެސް އެ މައްސަލައަށް ކުރިއާލާ ހައްލު ނުގެނައި ސަބަބު ވިދާޅުވެ ނުދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. އޭރު ގާނޫނު އިސްލާހު ކުރަން އެމްޑީޕީއިން ބޭނުން ނުވީ ސަބަބުވެސް ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށްވާއިރު، މި ހާއްސަ މަހުގައިވެސް އުޅެންވީ ކެމްޕެއިން ކުރުމުގައިތޯ ރައީސް ސުވާލު އުފެއްދެވިއެވެ. ރޯދަ މަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސި މަގްސަދު އެ މަގުން ކަންތައްތައް ކުރުމުން ހާސިލްނުވާނެކަމަށް ވިދާޅުވާފަދަ މޭރުމަކުން ރައީސް ވާހަކަދެއްކެވިއެވެ.

އެހެންކަމުން ގާނޫނާއި އެއްގޮތަށް ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފައިވާނެކަން ވިދާޅުވެ ރައީސް ފާހަގަކުރެއްވީ ރޯދައިގެ ކުރިން އިންތިހާބު ބާއްވައިދިނުމަށް ކޮމިޝަނުންވެސް މަޖިލީހުގައި އެދިފައިވާކަމެވެ. ނަމަވެސް އެމްޑީޕީއިން ކޮންމެސް ސަބަބަކާއި ހުރެ މިކަމަށް އެއްބަސް ނުވިކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަނީ ޖޮއިސްޓިކް އަނބުރާ ގޮތަށް ޕަޕެޓްތަކެއްގެ ގޮތަށްކަމަށެވެ. މިއީ ވިސްނަން ޖެހޭ ކަންތައްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަނިކުފާނު ނިސްބަތްވާ ޕާރޓިވެސް ހިމެނިގެން ވާހަކަ ދެކެވުނު ކޮމެޓއެއްގަ ނޫންތޯ އިއްތިފާގުވީ ރޯދަމަހު އިންތިހާބު ބޭއްވުމުން އެންމެނަށްވެސް އެކަމުގެ އުދަގޫ ފޯރާކަމާ އިލެކްޝަނާ ސަރުކާރާ ޕާރޓީތަކުންވެސް ރޯދަމަހު މަޖިލިސް އިންތިހާބު ބާއްވަން ބޭނުންނުވާކަމާ ނަމަވެސް ގާނޫނުގަ ވަކިގޮތަކަށް އޮތީމަ އެކަން އެގޮތައް ކުރަން ނިންމީކަމާ އެކަން އެހެންގޮތަކަށް ކުރެވޭނީ ގާނޫނަށް ބަދަލުގެނެސްގެން ކަން. ދެން މިހާރުބަދަލު ގެނައިމަ ރާގު އެހެންގޮތަކަށް ބަދަލު ކުރެއްވުން ރަގަޅެއްނޫން. ގާނޫނަކަށް ވުމަށްފަހު ރައީސްވެސް އެއަށް އަމަލު ކުރައްވަންޖެހޭ. ސޕްރިމް ކޯޓުންވެސް ލަކުޑި ގޮނޑިތައް ދާއިރާތަޖެއްގެ މެމްބަރުން ކަމަށް ބަލައިގެން ވޯޓުގުނަން ލާޒިމުވާގޮތަށް ރައުޔު ނެރުމަކީވެސް ހަމަޖެހޭ އުސޫލެއްނުން. ގާނޫނު މާނަކުރުމުގަ އެއަށްވުރެން ޒިންމާދާރުވާންޖެހޭ. މެމްބަރ ގޮނޑި ތަމްސީލު ކުރާނީ. ހުސް ލަކުޑި ގޮނޑިއަކަށް މެމްބަރުން ތަމްސީލު ނުކުރެވޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: