ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުންނަކީ ބަޔަކު މީހުންގެ ޕަޕެޓުންތަކެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ބައެއް މެމްބަރުންކީ ޖޮއިސްޓިކް އަނބުރާ ގޮތަކަށް އެނބުރޭ ޕަޕެޓުންތަކެއްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް މިވީ ތިން މަހުގެ ތެރޭގައި، އެކި ގޮތްގޮތުން ޖެއްސުންކޮށް އުނދަގޫ ކުރުމަށް އެމްޑީޕީ ޓޫލްއެއްގެ ގޮތުގައި ބޭނުން ކުރަމުން ދަނީ މަޖިލީސްކަމަށް ރައީސް މީގެ ކުރިން ވެސް ވިދާޅުވެފައި ވެއެވެ. މި ފަހަކަށް އައިސް ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ރައީސް މުއއްޒު ވިދާޅުވީ މިއީ ސިޔާސީ ވާހަކަތަކެއް ވެސް ނޫން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންވި ގޮތަކީ ރޯދަ މަހުގެ ކުރިޔަށް އިންތިހާބު ބޭއްވުމަށެވެ. އިންތިހާބު އަވަސް ކުރަން ބޭނުންވި ސަބަބެއްކަމަށް ރައީސް ވިދާޅުވީ ރޯދަމަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިތައް ކުރިމަތިވެގެންދާތީ އެވެ. އެކަމަކު ރޯދައިގެ ކުރިއަށް އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނީ އިންތިޒާމުތައް ހަމަޖައްސަން އެއްބަސް ނުވީ މަޖިލިސްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރޯދައިގެ ކުރިއަށް ބޭއްވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރަން އެމްޑީޕީން އެއްބަސް ނުވި ސަބަބު އެ ޕާޓީން ރައްޔިތުންނަށް ކިޔައިދޭން ޖެހެ އެވެ. އަދި އަބަދުވެސް އިވެނީ ރޯދައިގެ ތެރޭގައި ބޭއްވުމުން ދަތިވާ ވާހަކަ ދައްކަމުންދާ އަޑުކަމަށްވާއިރު އަވަސްކުރުމަށް ދެކޮޅު ހެދީ ކޮން ސަބަބަކާއި ހެދިތޯ ރައީސް ސުވާލު އުފެއްދެވި އެވެ

ރައީސް ވިދާޅުވީ، އިންތިހާބު އަވަސް ކުރި ނަމަ ނަމަ މައްސަލަ ހައްލުވީސް ކަމަށެވެ. އަދި ވިދާޅުވީ ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވަން ބޭނުންނުވާކަމަށާއި ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިން ފަހު ދިހައެއްގައި ސަރުކާރު ބަންދުކަމަށް ކަނޑައަޅުއްވާފައިވުމުން އެކަން ފެނިގެންދާނެކަމަށެވެ.

އެ ބޭފުޅުންނަށް ބާރު ހިންގާ އެ ބޭފުޅުން އޮޕަރޭޓްކުރާ އެހެން ފަރާތެއް އެބަ އޮތް، ޖޮއިސްޓިކް އޮތީ އެހެން ފަރާތެއްގައި އެ ޖޮއިސްޓިކް އަނބުރާ ގޮތަކަށް ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން މި ދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން

އެހެންނަމަވެސް އެމްޑީޕީން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ފަހު ދިހައެއް ބަންދުވީ ނަމަވެސް އިންތިހާބީ ކަންކަމާއި ކެމްޕެއިންގެ ތެރޭގައި އުޅެންޖެހިގެންދާކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ފެންނަމުންދާ ކަންކަމާއިމެދު ރައްޔިތުން ވިސްނަންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ، ވާން އޮތް ނަމަ ގާނޫނާއި ހިލާފު ނުވާނަމަ އިންތިހާބު ރޯދައިގެ ކުރިން ބާއްވައިދިނުމަށް އިލެކްޝަންސް ކޮމިޝަންގައި ނުރަސްމީކޮށް އެދިވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކޮންވެވެސް އަޑި ނޭނގޭ ސަބަބަކާއި ގުޅިގެން ރޯދައިގެ ކުރިއަށް ޖައްސަން ބޭނުން ނުވިކަމަށާއި އެ ޕާޓީއިން އެކަމުގެ ތަފްސީލުތައް ރައްޔިތުންނާއި ހިއްސާނުކުރާކަމަށް އަލިއެޅުއްވިއެވެ.

ރައީސް ވިދާޅުވީ، ދައްކަމުންދަނީ ރޯދައިގެ ތެރޭގައި ބޭއްވުމުން ރައްޔިތުންނަށް އުނދަގޫ ވާނެ ވާހަކަ ކަމަށްވާއިރު، އަވަސްކޮށްލުމުން އެ މައްސަލަ ހައްލުވެގެންދާކަމަށެވެ. ރައީސް ވިދާޅުވީ ގާނޫނަށް އިސްލާހެއް ގެނެސްގެން އެމްޑީޕީއަށް އެކަން ކުރެވެން އޮތް ނަމަވެސް ނުކުރީކަމަށާއި އެމްޑީޕީއަށް ބާރު ހިންގާ އެ ޕާޓީ އޮޕަރޭޓުކުރާ އެހެން ފަރާތެއް އެބަ އޮތްކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ޕާޓީގެ ޖޮއިސްޓިކު އޮތީ އެހެން ބަޔަކު މީހުންގެ އަތުގައިކަމަށާއި އެ ޖޮއިސްޓިކް އަނބުރާ ގޮތަކަށް އެމްޑީޕީގެ މެމްބަރުން ޕަޕެޓުތަކެއްހެން އެނބުރެމުންދާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެފަދަ އަމަލުތައް ފެނިގެންދަނީ ޕާޓީގެ ބައެއް މެމްބަރުންގެ ފަރާތުންކަމަށާއި އެ ހަގީގަތަށް ލޯމަރާލެވޭނެ ގޮތެއް ނޯންނާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 22%ހައިރާންވެއްޖެ 11%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: