ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުއާއި މެދު ހިއުމަން ރައިޓްސް ވޮޗްގެ ކަންބޮޑުވުން!

ގުޅީފަޅުގެ ބިންހިއްކުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން ކަމަށް ސަރުކާރުން ވަނީ ބުނެފައި،
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅު ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބިގެންދާކަމަށް ބުނެ އެ މަސައްކަތްތައް ކޯޓު އަމުރަކުން ހުއްޓުވާފައިވަނިކޮށް ސަރުކާރުން ހުށައަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކޯޓުން އަމުރެއް ނެރެފައިވުމާއިއެކު ހިއުމަން ރައިޓްސް ވޮޗްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމާއަތެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދާ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ ގުޅީ ފަޅު ބިން ހިއްކުމުގެ މައްސަލައިގައި ބަޔާނެއް ނެރެފައެވެ.

އެ ޖަމާއަތުން ބުނެފައިވާގޮތުން ދިވެހިރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުރަން ޖެހުނު ކަމަކީ ދައުވާކުރުންކަމަށާއި މިވަގުތު ކޯޓުގައި ހިނގަމުންދާ މައްސަަލައެއްގެ ސަބަބުން ރާއްޖޭގައި ތިމާވެށި ރައްކައުތެރިކުރުމަށް އެކުލަވާލާފައިވާ ގާނޫނުތައް ތަންފީޒުކުރަން ދަތިވެގެންދާ ގޮތްތައް ސާފުވެފައިވާކަމަށް ބުނެފައިވެއެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ގައުމުކަމަށްވާއިރު އެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއްގެ ގޮތުގައި އެކަށީގެންވާ މިންވަރަކަށް ތިމާވެށީގެ ގާނޫނުތައް ފުރިހަމަކޮށްފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އެންވައިރަމެންޓް ޕްރޮޓެކްޝަން އެންޑް ޕްރިޒަވޭޝަން އެކްޓުކަމަށާއި އެ ގާނޫނުގެ ދަށުން            ތަރައްގީގެ މަޝްރޫޢުއެއް ކުރިއަށް ގެންދާއިރު އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމެންޓު ނުވަތަ އީއައިއޭ ހެދުން ލާޒިމުކަމަށް ބުނެފައިވެއެވެ.

އެންވައިރަމެންޓް ޕްރޮޓެކްޝަން އެންޑް ޕްރިޒަވޭޝަން އެކްޓުގެ ދަށުން ތަރައްގީގެ މަޝްރޫޢުއެއް ހިންގަން ފާސްވެގެން އައުމުގެ ކުރިން އީއައިއޭ ހެދިފައި އޮތުން މަޖުބޫރުކަމަށްވާއިރު، ސަރުކާރުގެ އުސޫލުތައް ހުންނަ ގޮތުގެ ސަބަބުން އެ ފިޔަވަޅުގެ ބޭނުން ކެންޑިގެންދާކަމަށް ބުނެފައިވެއެވެ.

އެގޮތުން ސަރުކާރުގެ މިނިސްޓްރީތަކުން އާންމުކޮށް މަޝްރޫޢުތައް ކުރީބައިގައި އެޕްރޫވްކުރާކަމަށާއި އެހެންކަމުން އީއައިއޭ ހެދުމަކީ ގޮޅިތަކެއްގައި ފާހަގަކޮޅެއް ޖަހާލުމަށް ވެގެންދާކަމަށް ބުނެފައިވެއެވެ. ރާއްޖޭގެ ސަރުކާރުގެ ކުރީގެ އޮފިޝަލަކުވެސް މިކަމާއި ގުޅިގެން އެ ޖަމާއަތަށް މައުލޫމާތު ދީފައިވެއެވެ. ނަން ހާމަކޮށްފައިނުވާ އޮފިޝަލަކު ބުނެފައިވާގޮތުން އީއައިއޭ ހެދުމަށްފަހު ހުށައަޅާ ހުށައެޅުންތައްވެސް ގިނަ ފަހަރު ސަރުކާރުން ބަަލައިނުގަންނަކަމަށާއި ރިޖެކްޓް ކުރާކަމަށެވެ.

މިވަގުތު ކުރިއަށްދާ މައްސަލައަކީ 2019 ވަނަ އަހަރުގެ ތެރޭގައި ފެށި ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢުއާއި ގުޅުން ހުރި މައްސަލައެއްކަމަށާއި އެ މަސައްކަތަކީ ރަސްމީ ޓެންޑަރިންގެއް ނެތި ރާއްޖޭގެ ސަރުކާރަކުން ބޮސްކާލިސް ކިޔާ ޑަޗް ކުންފުންޏަކަށް އެވޯޑްކުރި މަސައްކަތްތަކެއްކަމަށް ބުނެފައިވެއެވެ.

53 މިލިއަން ޑޮލަރުގެ މި މަސައްކަތް ހަމަސް ދުވަހަށް ފަހު ހުއްޓުންކަމަށާއި ސަބަބަކީ މަސައްކަތްތަކުގެ ސަބަބުން އިޔާދަނުކުރެވޭ މިންވަރަށް ތިމާވެށްޓަށް ގެއްލުންތައް ލިބިގެންދާކަން އީއައިއޭއިން ދެއްކުންކަމަށް ބުނެފައިވެއެވެ. އީއައިއޭ ހާމަކުރީ ރާއްޖޭގެ ސަރުކާރުންކަމަށާއި، މި މައްސަލައިގައި ޕްރޮޖެކްޓު ހިންގަން ނިންމީ އީއައޭ ރިޕޯޓުގެ މަސައްކަތްތައް ނިމުމުގެ ކުރިންކަމަށް ބުނެފައިވެއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތްތަކުގެ މައްސަލައިގައި ސަރުކާރާއި ދެކޮޅަށް ދައުވާކޮށްފައިވަނީ ރާއްޖޭގެ ކްލައިމެޓް އެކްޓިވިސްޓެއްކަމަށްވާ ހުމައިދާ އަބްދުލް ގަފޫރްކަމަށްވާއިރު، ދައުވާ ކޮށްފައި ވަނީ އެ މަސައްކަތްތަކުގެ ސަބަބުން އިންތިހާއަށް ބޮޑެތި އިގްތިސާދީ، ތިމާވެށީގެ އަދި ސަގާފީ ގެއްލުންތައްވެސް ލިބިގެންދާކަމަށް ބުނެކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި މި އަހަރުގެ ތެރޭގައި އެންމެ ފަހުން ކުރިއެރުމެއް ލިބިގެންދިޔައީ ހައި ކޯޓުން އެ މަސައްކަތްތައް ހުއްޓާލުމަށް ވަގުތީ އަމުރެއް ކުރުމާއިއެކުކަމަށްވާއިރު، ސަރުކާރުންވަނީ ވަގުތުން ވަގުތަށް އެ އަމުރު ބާތިލުކުރުމަށް އެދި ހުށައަޅާފައިކަމަށާއި، ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މަސައްކަތްތައް މަޑުޖައްސާލުމުން ބޮޑެތި މާލީ ގެއްލުންތައް ލިބިގެން ދިއުންކަމަށް ބުނެފައިވެއެވެ. ސަރުކާރުގެ އެދުމާއިއެކު ކޯޓުން މަސައްކަތްތައް މަޑުޖައްސާލުމަށް ނެރުނު އަމުރު ބާތިކުރިކަމަށާއި އެހެންކަމުން މިހާރު އަނެއްކާވެސް އެ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ސަރުކާރަށް މިހާރު ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް ކުރިއަށް އޮތްތާނގައި މި ފަދަ މަސައްކަތްތައް ކުރިއަށް ގެންދާއިރު ސަމާލުވާނެކަމަށާއި ހަގީގަތުގައި ރާއްޖެއިން ކުރަންޖެހޭ ކަމަކީ ރަނގަޅު ގޮތެއްގެ މަތިން ތިމާވެށި ރައްކައުތެރިކުރުމުގެ ގާނޫނުތައް ތަންފީޒުކޮށް މަޝްރޫޢުތަކުން .ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: