ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު މައްސަލައިގައި ސިޓީ ކައުންސިލުން އެންމެ ފަހުން ކޯޓަށް!

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގެ އިހުތިސާސް ހޯދައި، އެ ތަނުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކޯޓަށް ދާން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި، ގުޅީފަޅު މައްސަލައިގައި ކޯޓަށް ދިއުމަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

މައްސަލަ ހުށަހަޅުއްވައި ޝުޖާއު ވިދާޅުވީ ގުޅީފަޅުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ނުދެވެން ވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުމަކީ ގުޅީފަޅުގައި ޕޯޓެއް ތަރައްގީ ކުރުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަމަށް ތާއީދެއް ނޫނެވެ. މުއިއްޒު ގަބޫލު ކުރާ ގޮތުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ގުޅީފަޅުގައި ރެޒިޑެންޓަލް ޔުނިޓުތަކެއް ގާއިމް ކުރުމެވެ. އެކަމަށް ރައީސް ސޯލިހާއި އެކު މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އޭނާގެ ހުށަހެޅުންތައް ޕްލޭނިން މިނިސްޓްރީ އާއި ހިއްސާކޮށް ސިޓީ ކައުންސިލާއި ގުޅިގެން ވަކި ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ދެންނެވި ކަމަށެވެ.

މި މަޝްވަރާތަކާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދިއުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ތަފާތު އެކި ފަހަރު މަތީން ފޮނުވި ސިޓީތަކަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވުމުން އެކަމުގެ ޖަވާބެއްގެ ގޮތުގައި، މަސައްކަތް ކުރަމުންދާކަމަށް ބުނިކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހި ކަމުގެ މައްސަލައަކީ ސިޓީ ކައުންސިލުގެ އިހްތިސޯސްގައިވާ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް މުއިއްޒު ދެކޭގޮތުގައި ސިޓީ ކައުންސިލަކީ ރައްޔިތުން ހޮވާފައިވާ ކައުންސިލަކަށް ވުމާއިއެކު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ކައުންސިލްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ އަމާޒަކީ މާލޭގެ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަމަށް ހައްލެއް ގެނެސް ދިނުންކަން ފާހަގަ ކުރެއްވި އެވެ.

މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ގުޅީފަޅު މައްސަލައިގައި އަލި މަގެއް ނުފެނިއްޖެނަމަ ކޯޓަށް ދިއުމަށް މީގެ ކުރިން ވެސް ކައުންސިލުން ފާސްކުރި އެވެ.

އެކަމާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވަމުން އައީ ގުޅީފަޅު ޕްލޭނަށް ބަދަލު ގެނައުމަށް ސަރުކާރާއެކު ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކައުންސިލުން ކުރާނެ ކަމަށާއި އެކަމަށް އެދެމުން ދާނެ ކަމަށެވެ.

ސިޓީ ކައުންސިލްގެ ޕްލޭނަކީ ފަޅުން 200 އެއްހާ ހެކްޓަރުގެ ބިން ހިއްކައިގެން، 40،000 އެއްހާ ގޯތި ދޫކުރުން ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މަދުވެގެން 30،000 ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅީފަޅު ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ވެސް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައިވެއެވެ.

މިސަރުކާރުން ގުޅީފަޅުގައި ބޮޑު ޕޯޓެއް ހަދަން ނިންމައި އެކަމުގެ މަސައްކަތްތައް ވަނީ ފަށައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: