ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންފަރެންސް ބޮއިކޮޓް ކުރިކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތް: ނަރީޝް

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ވިޔަވަތި ޖަލްސާ ބޮއިކޮޓު ކުރިކަމަށް ބުނެ ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ދެ ދުވަހަށް ކުރިޔަށް ގެންދާ “ވިޔަވަތި” ކޮންފަރެންސްގެ މަގްސަދަކީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަން ކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒު ކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާއި ބެހޭ ދައުލަތުގެ ވަޒީރުންނާއި މަޝްވަރާކޮށް ހައްލުތައް ހޯދުމެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުންނާއި ސަރުކާރުން ބައްދަލުކުރައްވައި މަޝްވަރާ ކުރުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުމެވެ.

ވިޔަވަތި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ބައިވެރި ނުވެ ބޮއިކޮޓު ކުރީކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ނަރީޝް ވިދާޅުވީ، ކޮންފަރެންސްގެ ދައުވަތު ލިބުނީ ބުރާފަތި ދުވަހުކަމަށެވެ. އަދި ކުރިން އެފަދަ އެއްވެސް އެންގުމެއް އަންގާފައި ނެތްކަން ފާހަގަކޮށް ނަރީޝް ވިދާޅުވީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އަމިއްލަ ދަތުރެއްގައި ސިންގަޕޫރުގައިކަމަށެވެ. އަދި ބައެއް އެހެން ކައުންސިލަރުން ތިއްބެވީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީގައިކަމަށެވެ. ނަރީޝް ވިދާޅުވީ ދައުވަތާއި މެދު ގޮތެއް ނުނިންމުނީ އެ ސަބަބާއި ހުރެކަމަށާއި، އެއީ އެއްވެސް ގޮތަކަށް ބޮއިކޮޓު ކުރުން ނޫން ކަމަށެވެ.

ނަރީޝް ވިދާޅުވީ، މިއީ ދުރާލައި ލިބެން ޖެހޭ ދައުވަތެއްކަމަށާއި ކައުންސިލްގެ އެއްވެސް މެމްބަރަކަށް ކޮންފަރެންސްގެ އެއްވެސް މައުލޫމާތެއް ކުރިޔާލައި އެނގިފައި ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: