ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެގައި ކުރަމުންދާ ފައިބަރ މަސައްކަތާއިމެދު 5 ކަމެއް ސިޓީ ކައުންސިލުން ފާސްކޮށްފި!

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ޒަމާނުންސުރެ ކުރެވެމުން އަންނަ ފައިބަރު މަސައްކަތާއިމެދު މިކަމުގެ އިންތިޒާމްތައް ރަނގަޅަށް ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން 5 ކަމެއް ފާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން ކައުންސިލުން ބުނެފައިވަނީ ކައުންސިލް ހޮވުމުގެ އެތައް އަހަރެން ކުރިން ފެށިގެން ވިލިމާލެގައި ކުރަމުންދާ ފައިބަރ މަސައްކަތާމެދު ބައެއް ކަންކަން ކުރަން މިދިޔަ ބުދަދުވަހު އޮތް ކައުންސިލުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާކަމަށެވެ.

އޭގެ ތެރޭގައި:

  1. 1. ތިލަފުށީން އެކަށީގެންވާ ވަރުގެ ބިމެއް ހަމަޖައްސައިދިނުމަށް ސަރުކާރުގައި ދެންނެވުން.
    2. ތިލަފުށްޓަށް ބަދަލުކުރެވެންދެން، ވިލިމާލޭގެ ހުޅަނގު ފަރާތުގައި އެކަށީގެންވާ ހަރުގެއެއް ހަދައި، ރެގިޔުލޭޓްކުރެވޭނޭ ނިޒާމަކުން ޖާގަކުއްޔަށް ދިނުން.
    3. މިހާރު ފައިބަރ މަސައްކަތް ކުރާތަން 1 އޮގަސްޓް ގެ ކުރިން ބަންދުކުރުން.
    4. މޫދަށް އެރިއުޅޭ ސަރަޙައްދާ ކައިރިވިޔަ ނުދިނުމަށް ވަގުތީ ފެންސެއް ޖެހުން.
    5. ފައިބަރ މަސައްކަތް ކުރާ ސަރަޙައްދު މޮނިޓަރ ކުރުން ހަރުދަނާކުރުން.

ސިޓީ ކައުންސިލުންވަނީ ފައިބަރ މަސައްކަތް ކުރާ ފަރާތްތައްވެސް އެކަން ކުރަނީ ޢާމްދަނީ ހޯދުމުގެ ގޮތުންކަމަށާއި، ޢާއިލާތަކަށް ކާންބޯން ދިނުމަށްޓަކައި ކަމާއި އެހެންކަމުން އެފަރާތްތަކަށް އެހެން ގޮތެއް ހޯދައިދިނުމަކީ މުހިއްމު ކަމެއް ކަމަށް ކައުންސިލުން ނިންމާފައިވާކަމަށްވެސް ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޕޮލިހުން ވިލިމާލެ ބީޗުގެ ބޮދު ސަރަޙައްދެއް ފެންސުޖަހައި ބަންދުކޮށްފައި އޮތުމުގެ ސަބަބުން މޫދަށް އެރެން ސަރަޙައްދު ކުޑަކަމުން، އެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުން ދިޔުމާއެކު، އެ ފެންސް ނެގުމަށް ޕޮލިހުގައި ދެންނެވުމަށްވެސް ކައުންސިލުން ފާސްކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ ކައުންސިލަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ވާސިލްވާން އަބަދުވެސް މަސައްކަތް ކުރާނެ ކައުންސިލެއްކަމުގައި ވަނީ މިކަމާއި ގުޅިގެން އާންމުކުރި ބަޔާނުގައި ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: