ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ހުއްޓާލަން ތިލަފުށިން ބިމެއް ދެނީ

ވިލިމާލެ އިރުމަތީ ފަރާތު ބީޗުގައި ފައިބަރު މަސައްކަތްކުރުމާ ދެކޮޅަށް ޝުއޫރުފާޅުކުރުމަށް ބަހައްޓާފައި ހުރި ބޯޑެއް -- ފޮޓޯ: އަހްމަދު އައިހަމް | ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ފައިބަރު މަސައްކަތްތަކަށް ތިލަފުށިން ބިމެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

މާލޭގެ މޭޔަރކަމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވި ގޮތުގައި ފައިބަރު މަސައްކަތް ކުރާއިރު އަރާ ކުނޑިން ގެއްލުންވާތީ ވިލިމާލޭ ރައްޔިތުންގެ ޝަކުވާ އަބަދުވެސް ކައުންސިލަށް ލިބެއެވެ. އެމްޑީޕީގެ ވެރިކަމުގައިވެސް މިކަން ހައްލުކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު މި މައްސަލަ ހައްލުކުރަން ތިލަފުށިން ބިމެއް ދޭން ސަރުކާރުގައި އެދުނެވެ. ނަމަވެސް އޭރު ކައުންސިލުން އެދުނު ގޮތަށް ބިން ހަމަޖައްސައެއް ނުދެއެވެ.

ނަރީޝް ވިދާޅުވީ ވިލިމާލޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތަކަށް ތިލަފުށިން ބިމެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. ވިލިމާލެއިން ފައިބަރު މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމުން، ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ސިއްހީ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

މިހާރުގެ ރައީސް އިއްޔެގެ ވަގުތެއްގައި ވަނީ އާބަންކޯ މެދުވެރިކޮށް ތިލަފުށީގެ ސަރަހައްދުން އަޅުގަނޑުމެންނަށް ބިން ހަމަޖައްސައިދެއްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި.

މިކަން ތަންފީޒުކުރުމަށްޓަކައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުންކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ކުރާނީ ރައީސްގެ ނިންމެވުމާއި އެއްގޮތަށްކަމަށް ވިދާޅުވިއެވެ.

2022 ގައި މާލޭގެ މޭޔަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނިކޮށް ވެސް ވަނީ ވިލިމާލެ އިރުމަތީ ފަރާތު ބީޗުގައި ފައިބަރު މަސައްކަތް ކުރުން ހުއްޓާލުމަށް ނިންމާފަ އެވެ. އޭރު އެގޮތަށް ނިންމާފައި ވަނީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ބްރިޖުގެ މަސައްކަތަށް ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ފައިބަރު އުޅަނދު ބަންނަ ސަރަހައްދު އެ ރަށުގެ އިރުމަތީ ފަރާތަށް ބަދަލުކުރުމުން އެކަމުގެ ޝަކުވާތައް ބޮޑުވެ އާންމުން އިހުތިޖާޖުކޮށްފައިވަނިކޮށެވެ.

ފައިބަރު ބަންނަ ސަރަހައްދު ވިލިމާލެއަށް ބަދަލު ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ހެދިފައި އޮތް ގަސްތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެތަނަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ މީހުން ވެސް މޫދަށް އެރި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ގޮސް އުޅޭ ތަނެކެވެ. މިއީ އާންމު ސިއްހަތަށް ވެސް ހުރި ބޮޑު ގެއްލުމެއްކަމަށްވުމާއި އެކު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން މި މައްސަލައިގައި އޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: