ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގެ ޖަނެރޭޓިންގ ކެޕޭސިޓީ އިތުރުކޮށްފި

ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކ ތިލަފުށީގެ ޖަނެރޭޓިން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އާ ޖަނަރޭޓިން ސެޓެއް ބަހައްޓައިފިކަމަށް ތިލަފުއްޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯއިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކ. ތިލަފުށީގެ ޖަނެރޭޓިންގ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، 800 ވ ގެ އައު ޖަނަރޭޓަރުސެޓެއް ބަހައްޓައިފައިވާކަމަށެވެ. އަދި މިހާރު ވަނީ ކޮމިޝަންކޮށް ހިދުމަތްދޭން ފަށާފައިކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި ޖަނަރޭޓަރު ސެޓާއި އެކީ ތިލަފުށީގެ ޖުމްލަ ކެޕޭސިޓީ ވަނީ 3.4 މެގަވޮޓަށް އިތުރު ކުރެވިފައިކަމަށެވެ.

މީގެ ކުރިން އެރަށުގައި ކަރަންޓުގެ ހިދުމަތްދީފައިވަނީ ފަސް ޖަނަރޭޓަރު ބަހައްޓައިގެންނެވެ. އޭގެ ތެރޭގައި 400 ކިލޯވޮޓުގެ 2 ޖަނަރޭޓަރާއި 1000 ކިލޯވޮޓުގެ ޖަނަރޭޓަރެއްގެ އިތުރުން 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: