ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން ބިލުތަކަށް ދިން ޑިސްކައުންޓު 20 މިލިއަނަށްއަރާ: ސްޓެލްކޯގެ އެމްޑީ

ސްޓެލްކޯގެ އެމްޑީ ފަހުމީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަމަހުގެ ތެރޭގައި ކަރަންޓު ބިލުން ސްޓެލްކޯއިން ދީފައިވާ ޑިސްކައުންޓުގެ ޖުމުލަ 20 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާދި ފަހުން އެ ކުންފުނިން ރައްޔިތުންނަށް ކަރަންޓު ބިލާއި ފެންބިލުން ދީފައިވާ ޑިސްކައުންޓާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ފަހުމީ ވިދާޅުވީ، ކަރަންޓު ހަރަދު ބޮޑުވަނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި މޫސުމީ ބަދަލުތަކުގެ ސަަބަބުން އެހެނިހެން ގައުމުތަކުގައިވެސް ގޭސް ބިލު ބޮޑުވުމުގެ ސަބަބުން ރިޕޯޓުކުރެވެމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، ރޯދަ މަހުގެ ތެރޭގައި އާންމުކޮށް ކަރަންޓަށް ކުރާ ހަރަދުތައް ބޮޑުވާކަމަށްވުމުން ސަރުކާރުންވަނީ ރައްޔިތުންނަށް ލުއިތަކެއް ލިއްބައިދިނުމުގެ ގޮތުން ޑޮމެސްޓިކް ކޮންސިއުމާރޒްއަށް ތަނަވަސް ޑިސްކައުންޓުތަކެއް ދީފައިކަމަށާއި އަލަަށް އެ ކުންފުނީގެ ހިދުމަތް ލިބިލެއްވި ފަރާތްތަކަށްވެސް ލުއިތަކެއްގެ އިންތިޒާމުކޮށްފައިވާކަން ހާމަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ، ބައެއް ގޭތަކުގެ ބިލު ކުޑަކަންވެސް ފާޙަގަކުރެއްވުނުކަމަށެވެ. އަދި ގިނަ މީހުންނަށް ބިލުކުރެވިފައިވަނީ ރަނގަޅަށްކަމަށްވެސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރާއި ސްޓެލްކޯ ގުޅިގެން އެކަން ކޮށްފައިވަނީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އެންމެ ލުއިވާނެ ގޮތެއްގެ މަތިންކަމަށެވެ.

ފަހުމީޯ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުގެ މައްސަލަ ކުޑަކުރުމަށް ހުރިހާ ކަމާއި ބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ކޮންސްޓްރަކްޝަން މެޓީރިއަލް ހޯދުމުގައި އެކަމަށް ރިއާޔަތްކުރުމުގެ އިތުރުން ހުރި އިމާރާތްތަކުގެ އިންސުލޭޝަން ރަނގަޅުކުރުންވެސް ހިމެނޭކަމަށެވެ.  އޭނާ ވިދާޅުވީ، ގިނަ އަދަދެެއްގެ އައުޓްޑޯރ އުނިޓުތައް އެއް ވައިގޮޅިއެއްގައި ހުރުމުގެ ސަބަބުންވެސް ހަރަދުބޮޑުވުމަށް ދިމާވާކަމަށާއި އެކަންކަން ހައްލުކުރެވޭނީ އެކި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކެއް މެދުވެރިކޮށްކަން ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއަށް ބިލަށް އަރާވަރަށްވުރެ ބޮޑު ނުކުރެވޭނެކަމަށާއި ބިލުކުރަނީ މީޓަރަކަށް އަރާ އަދަދާއި އެއްވަރަށްކަމަށެވެ. ފަހުމީވަނީ މި ފުރުސަތުގައި އެ ކުންފުނިން މިދިޔަ ދުވަސްތަކުގެ ތެރޭގައި ރައްޔިތުންނަށް ދީފައިވާ ޑިސްކައުންޓުގެ ޖުމުލަވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެ ކުންފުނިން ޖުމުލަ 20 މިލިއަނާއި ގާތްކުރާ އަދަދެއް ޑިސްކައުންޓުގެ ގޮތުގައި ދީފައިވާކަމަށާއި އެ ހަރަދަކީ ސަރުކާރުން ދޭ ސަބްސިޑީއިން ކުރެވޭ ހަރަދެއްކަމަށްވެސް ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، އެގޮތުގެ މަތިން ޑިސްކައުޓް ދިނުމަކީ ދެމެހެއްޓިނިވި ގޮތެއްގެ މަތިން ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އެކަން އެގޮތުގެ މަތިން ކުރެއްވުމަށް ފެނިވަޑައިގަތީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ހުރިކަމަށްވުމުން ލުއިތަކެއް ލިއްބައިދިނުމަށްކަމަށާއި އެއީ އޯގާތެރި ނިންމުމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: