ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއާއިން ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުން ހުޅުވައިފި

‎ދޮންއަދަރާދަ ހިނގުމުން ބަންދުކޮށްފައިވާ ބައި އާންމުންނަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތު - - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މައި އިމާރާތާއިން ޖެހިގެން އޮންނަ ދޮންއަދަރާދަ ހިންގުން ހުޅުވައިފިއެވެ.

ދޮންއަދަރާދަ މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގު ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެ ރަސްމިއްޔާތުގައި ސްޓެލްކޯއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަގުގެ މަސައްކަތް ނިންމާލުމަށްފަހު ސްޓެލްކޯގެ މައި އިމާރާތައި އަދި މަސައްކަތް ކުރަމުންދާ ސަރަހައްދަށް ދިއުމުގައި ދަތިތަކާއި ކުރިމަތިލާން ނުޖެހޭ ގޮތަށް ނުވަތަ މަސައްކަތް ކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް ކަނެކްޓިން ބްރިޖެއް ވަނީ ގާއިމްކޮށްފައެވެ. އެހެންކަމުން ސްޓެލްކޯގައި މަސައްކަތް ކުރަމުންދާ މީހުންނަށާއި އަދި މަގު ބޭނުންކުރާ މީހުންނަށްވެސް އެކަމުގައި ފަސޭހަ ވެގެން ދާނެކަމަށް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، އެ ކުންފުނީގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ މަގު ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނުގެއެއް އެޅީ 2010 ވަނަ އަހަރެވެ. އެހެންނަމަވެސް މަގު ހުޅުވުމަށްޓަކައި އެ ސަރަހައްދުގައި ހުރި 17 އިންޖީނު މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށް އޭ އިންޖީނުތަކުންވެސް ހިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން އެ ސަރަހައްދުން އިންޖީނުތައް ނެގުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަޑު ގަދަވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާކަމަށް ފާހަގަކުރައްވާފައެވެ.

ސްޓެލްކޯއިން ހާމަކުރިގޮތުގައި އެމަގުގެ މަސައްކަތް ކޮށްފައިވަނީ އެމްބިއުލާންސް އާއި ފަޔަރ ޓްރަކް ފަދަ ހެވީ ވެހިކަލްސްއަށްވެސް ދަތުރުކުރެވޭނެ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: