ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައިޖެހި މަރުވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ސަބްސްޓޭޝަނެއްގައި ހުރި ޓްރާންސްފޯމަރުން ވައްކަން ކުރަންއުޅުނު މީހަކު މަރުވެއްޖެއެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސް ގައި ޕޯސްޓެއް ހިއްސާ ކުރައްވާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ ސަބްސްޓޭޝަނެއް ގައި ރޭ ފަތިހު ނުރައްކާތެރި ހާދިސާއެއް ހިނގައިފައިވާކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅެފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހަސަން އާދަމް މިސްކިތުގައި ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް އެ މިސްކިތުން ކަރަންޓުގެ ޚިދުމަތް ރޭ މެދުކެނޑިފައިވަނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު ވަދެ އޭގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުން ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ޓްރާންސްފޯމަރު ތަކުން ވައްކަން ކުރުމާއި ގުޅިގެން މީގެ ކުރިންވެސް ފަހުމީ ވަނީ ޕޯސްޓެއް ހިއްސާ ކުރައްވާ އެކަން ނުކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ ނުރައްކާތެރި ކަމެއް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވެފައިވަނީ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވައްކަން ކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމާށާއި އަދި އެކަން ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ.

ހުޅުމާލެގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެންކަމަށާއި އަދި މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަނީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭންކަމަށް ވާއިރު މިފަދަ ކަންކަން ކުރުމުގެ ސަބަބުން ކަރަންޓު ދިނުމަށް ކުރަމުންގެންދާ މަސައްކަތަށް ހުރަސްއެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށް ފަހުމީ ވިދާޅުވިއެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 13%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: