ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތިލަފުށި
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގެ ދެވަނަ ފޭސް ތަރައްގީ ކުރުަމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރީ އެސްއޯއީ ކޮމީޓީގައި ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ ޗީފް އޮފަރޭޓިންގ އޮފިސަރު އަހުމަދު ޝާތިރުއެވެ. އޭނާ ވިދާޅުވީ މީގެ ދެދުވަސް ކުރިން ތިލަފުއްޓަށް ޑްރެޖަރު ގެނެވި ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ތިލަތުށި ބިން ބޮޑު ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެޗްޑިސީ އިން މިދިޔަ އަހަރުގެ ޑިސެމްބަަރު މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިއިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ އެވެ. މި ކުންފުންޏަކީ ބްރިޖް އެޅުމުގެ މަސައްކަތް ކުރި ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަންސް (ސީސީސީސީ) ކުންފުނީގެ ބްރާންޗެކެވެ.

މި މަޝްރޫއުގެ ދަށުން ތިލަފުށީގެ 120 ހެކްޓަރުގެ ބިމަށް 151 ހެކްޓަރުގެ ބިން ހިއްކައި އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑިސީ އިން ބުނެފައިވަނީ މި މަސައްކަތް އެއްކޮށް ނިންމާލެވޭނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

ތިލަފުށި ހިއްކަން ނިންމާފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައިގައި 40 ހެކްޓަރުގެ ބިމެއް ހިއްކުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑިސީ އިން އަންދާޒާ ކުރެއެވެ.

ތިލަފުށި ތަރައްގީ ކުރާއިރު އެކި ބާވަތުގެ ސިނާއީ މަސައްކަތަށް ހާއްސަކޮށްގެން ސަރަހައްދުތައް ކަނޑައަޅާނެއެވެ. އެގޮތުން ހެވީ އިންޑަސްޓްރިއަލް ހާއްސަ ސަރަހައްދަކާއި ގުދަން ކުރަން ހާއްސަ ސަރަހައްދެއް ކަނޑައެޅިފައިވާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: